ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެއް ޓިކެޓަކަށް ވާދަނުކުރައްވާނެކަމުގެ ޔަގީންކަން ފައްޔާޒު ދެއްވައިފިއެވެ.
އަދަދު ނޫހުގެ 'އެތެރެފުށް' ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި އެ ބޭފުޅުން ދެ ބޭފުޅުން އެކުގައި ވާދަކުރައްވާ މަންޒަރު ފެނުމަކީ 100 ޕަސެންޓް ޔަގީންކަމާއެކު ނުވާނެ ކަމެއް ކަމަށެވެ.
އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި، ފައްޔާޒުގެ ރުހުމާ ނުލައި ނަޝީދު އެ ޕްރައިމަރީއަށް ނުކުންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، ފައްޔާޒު ވާދަކުރައްވާ ހާލަތެއްގައި ނަޝީދު އެ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ނަޝީދާ އެކު ފާއިތުވި 15 އަހަރު ވަރަށް ގާތުން މަސައްކަތްކުރައްވާފައިވާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ނަޝީދުގެ ބަހަށް އިތުބާރު ގެއްލޭ ފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށެވެ.
އަދި 2023 ވަނަ އަހަރުގެ އިންތިހާބުގައި އެމްޑީޕީއާ ނަޝީދު ދުރުވި މައްސަލައަކީ އޮޅުވާލުމެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށާއި، އެއީ ވެވުނު އެއްބަސްވުންތަކެއް ހަމަނުޖެހުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ގައުމު ތަރައްގީކުރުމާމެދު ނަޝީދު ގެންގުޅުއްވާ ވިސްނުމާއި ފައްޔާޒުގެ ވިސްނުން އެއްގޮތް ކަމަށާއި ދެ ބޭފުޅުންގެ ސަޕޯޓަރުންގެ ވިސްނުން ވެސް އެއްގޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިހާބަށް އަމާޒުކޮށް، ފައްޔާޒަށް ތާއީދުކުރައްވާނެ ކަމަށް ނަޝީދު މީގެ ކުރިން ވަނީ އިއުލާންކުރައްވާފައެވެ. ފައްޔާޒަކީ ނަޝީދު ޗެއާޕާސަންގެ މަގާމަށް ހޮވުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅާއެވެ.
އެމްޑީޕީގެ ތާރީހަށް ބަލާއިރު، 2008 ވަނަ އަހަރުގެ ޕްރައިމަރީގައި ވާދަކުރެއްވީ ތިން ބޭފުޅުން ކަމަށްވީ ނަމަވެސް، އޭގެ ފަހުން އައި އިންތިހާބުތަކުގައި ނަޝީދު އެކަނި ވާދަކުރެއްވިއެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވާދަކުރައްވާފައިވެއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު