ރައީސް ނަޝީދު
ރައީސް ނަޝީދު
ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު ހުރި ގޮތުން، ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށް ކުރާ ހަރަދުތައް ފިޔަވައި، އިތުރު އެހެން އެއްވެސް ހަރަދެއް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި، ހިންގަމުންދާ އުމްރާނީ ހުރިހާ މަޝްރޫއުތަކެއް ވަގުތީ ގޮތުން ހުއްޓާލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.





ރައީސް ނަޝީދު މިއަދު 'އެކްސް' ގައި ހިއްސާކުރެއްވި ހިޔާލުފުޅެއްގައި ވިދާޅުވީ، ރަށްރަށުގައި ނުނިމި ހުރި މަޝްރޫއުތައް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލު ކުރުމަކީ މިވަގުތަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

އެގޮތުން، ކައުންސިލްތަކުން 'ކްރޮސް ސަބްސިޑީ'ގެ އުސޫލު ބޭނުންކޮށްގެން، ޑޮލަރުގެ އަގު ދަށްކުރުމަށް މަސައްކަތްކޮށް، އެ މަޝްރޫއުތައް ނިންމުމުގެ ގާބިލުކަން އެބަހުރި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު