ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ކަންކަމަށް އިސްކަންދޭންޖެހޭ ތަރުތީބު އޮޅިގެން ކަމަށާއި، ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފުރިހަމަކޮށް ނުދެވި އުޅެނިކޮށް ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތަކަށް ބޮޑު ހަރަދު ކުރުމަކީ ގައުމުގެ މާލީ ހާލަތު އިތުރަށް ނުރައްކަލަށް ވައްޓާލާނެ ކަމެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މި ސަރުކާރަށް ލިބޭ ބޮޑު އާމްދަނީއާއި ޓެކްސް ފައިސާ ހަރަދުކުރަމުން ދަނީ ރައްޔިތުންގެ ފައިދާއަށް ވުރެ ބޮޑަށް އިސްރާފުވާ ގޮތަށް ކަމަށެވެ.
މޭޔަރު ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ ތަރައްގީގެ ވާހަކަ ދެއްކޭނީ ފުރަތަމަ ރައްޔިތުންނަށް ރައްކާތެރި އަދި ސާފު ފެން ލިބޭކަން ޔަގީންކުރުމަށް ފަހު އެވެ. އަސާސީ ކަންކަން ހަމަޖެހުމުގެ ކުރިން ބޮޑެތި މަޝްރޫއުތަކަށް ބޮޑެތި ހަރަދުތައް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުން ފައިސާ ހަރަދުކުރަނީ ފުރަތަމަ ރައީސްގެ ކަންކަމަށް، ދެން ވަޒީރުންނަށް، އަދި އެއަށްފަހު މެންބަރުންނަށް. މި ހުރިހާ ފައިސާއެއް މިގޮތަށް އިސްރާފުކޮށްލާފައި، ފައިސާ ނެތޭ ބުނުމަކީ ލަދުވެތި ކަމެއް،" މޭޔަރު އާޒިމް ވިދާޅުވި އެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި ތާރީހީ މިންވަރަކަށް ޓެކްސްގެ ގޮތުގައި ފައިސާ ވަދެފައިވާ ކަމަށެވެ. ނަމަވެސް، މިހާ ބޮޑު އާމްދަނީއެއް ލިބެމުން ދާއިރު، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފަދަ އަސާސީ ކަންކަން ކަށަވަރުކޮށްނުދީ 200 މިލިއަން ޑޮލަރު ފަދަ ބޮޑެތި އަދަދުތައް ބިން ހިއްކުމަށް ހަރަދުކުރުމަކީ ގައުމުގެ މާލިއްޔަތު ހުސްވެގެން ދާނެ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
މި ސަރުކާރުގެ މަސައްކަތްތަކާ މެދު ނުރުހުން ފާޅުކުރައްވަމުން އާޒިމް ވިދާޅުވީ، ދައުލަތް ހިންގަން އެނގޭ ބަޔަކު ތިބި ނަމަ، ރައްޔިތުންގެ ފައިސާ މިހާ ބޮޑަށް އިސްރާފުނުވާނެ ކަމަށާއި، މި ސަރުކާރުން މިހާރު ދައްކަމުން މިދަނީ ކަންކަން ކުރަން ނޭނގޭ މިންވަރު ކަމަށެވެ.

ARG
ކިޔުންތެރިންގެ ހިޔާލު