އިންޑިއާގެ ތަޢުލީމީ ނިޒާމަށް އިޞްލާޙު ގެނައުމަށް ގޮވާލައި ފަށާފައިވާ "ކޮކްރޯޗް" ހަރަކާތުގެ ބައިވެރިން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހާ ދިމާލަށް މާޗުކުރުމުން ފުލުހުން ބާރުގެ ބޭނުންކޮށް ކަރުނަގޭސް ޖަހައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މި ހަމަނުޖެހުންތައް އުފެދުނީ، އިމްތިހާނު ކަރުދާސްތައް ލީކުވާ މައްސަލައިގެ ޒިންމާ އުފުއްލަވައި ތަޢުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހަރާކުރި ފަރާތްތަކުން، ސަލާމަތީ ފެންސްތައް ފަޅާލުމަށްފަހު ޕާލަމެންޓަށް ވަންނަން މަސައްކަތް ކުރުމާ ގުޅިގެންނެވެ. މި މުޒާހަރާގައި ދަރިވަރުންނާއި ތަފާތު ދާއިރާތަކުގެ މަސައްކަތްތެރިންގެ އިތުރުން، އާއިލާތަކުން ކުޑަކުދިން ގޮވައިގެން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
"ކޮކްރޯޗް" ނުވަތަ ކުރަފީގެ ނަމުން ނަންދީފައިވާ މި ހަރަކާތް އުފެދުނީ، މިއަހަރުގެ މެއި މަހު އިންޑިއާގެ އުއްތަމަ ފަނޑިޔާރު ވަޒީފާނެތް ޒުވާނުންނާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެމަނިކުފާނު ޒުވާނުން "ކުރަފި" ތަކަކާ އެއްފަދަ ކުރެއްވުމުން، ޒުވާނުން އެ ނަން އިހުތިޖާޖުގެ ރަމްޒެއްގެ ގޮތުގައި ބޭނުންކޮށް "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ފެށީއެވެ.
މި ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެން ފެށީ، މެޑިކަލް ކޮލެޖުތަކާއި ސަރުކާރުގެ ވަޒީފާތަކަށް ވަނުމަށް ބާއްވާ އިމްތިހާނުތަކުގެ ކަރުދާސްތައް ތަކުރާރުކޮށް ލީކުވާން ފެށުމުންނެވެ. މިކަމުގެ ސަބަބުން މިލިއަނުން ދަރިވަރުންގެ މުސްތަގުބަލާމެދު ސުވާލު އުފެދި، ކަމާބެހޭ އިދާރާތަކުގެ އިހުމާލު ބޮޑުކަމަށް ބުނެ ޒުވާނުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މުޒާހަރާތައް އިތުރަށް ވަރުގަދަވެގެން ދިޔައީ، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިޔަ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލަށް ގެންދިޔަ ހިސާބުންނެވެ. މީގެ އިތުރުން، އިމްތިހާނު ކަރުދާސް ލީކުވުމުގެ ސަބަބުން މާޔޫސްވެ އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
ސަރުކާރުން މިހާރު ވަނީ މި ހަރަކާތުގެ އިސްވެރިންނާ މަޝްވަރާ ކުރުމަށް ފުރަތަމަ ފަހަރަށް އިސްނަގާފައެވެ. ނަމަވެސް، މިހާތަނަށް އެދެވޭ އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އާންމުންގެ ނުރުހުން އިންތިހާއަށް އިތުރުވަމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ހަރަކާތްތައް ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ބެލެވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު