އަންހެނަކާ އެކު ބޭއްވި ނޭދެވޭ ގުޅުންތަކެއްގެ މައްސަލައިގައި، ސިންގަޕޫރުގެ މުސްލިމް ކަންތައްތަކާ ބެހޭ ވަޒީރު އަދި ހޯމް އެފެއާޒް މިނިސްޓްރީގެ ސީނިއާ މިނިސްޓަރު އޮފް ސްޓޭޓް މުހައްމަދު ފައިޝަލް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދިވެހި ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްތިއުފާ ދެއްވި ވަޒީރާއި އެ އަންހެން މީހާއާ ދެމެދު ގިނަ އަދަދަކަށް މެސެޖުތައް ބަދަލުކޮށްފައިވާކަން އެނގިފައިވާ އިރު، އާންމު ބައެއް ބައްދަލުވުންތަކުން ވެސް އެ ދެމީހުން ބައްދަލުވެފައިވާކަން ވަނީ ހާމަވެފައެވެ.
މި ކަމާ ގުޅިގެން ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަރުދަނާ ޑިމޮކްރަސީތަކުގައި މިފަދަ ތުހުމަތުތައް ކުރިމަތިވުމުން، ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކެއް އޮންނަ ކަމަށެވެ.
އެގޮތުން، އެފަދަ ތުހުމަތުތައް ކުރާ ފަރާތްތަކަށް ބިރުދައްކައި، ފަހަތުން ދުވެ ކޯޓު އަމުރުތައް ހޯދުމުގެ ބަދަލުގައި، ރައްޔިތުންގެ އިތުބާރު ގެއްލި މަގާމުގެ ހައިބަތަށް އުނިކަން އަތުވެއްޖެ ކަމަށް ގަބޫލުކޮށް، އަމިއްލައަށް އިސްތިއުފާ ދިނުމަކީ އެންމެ ރިތި ގޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި ޒިންމާދާރުކަމާއެކު މަގާމުން ދުރުވުން ނޫން އިތުރު ގޮތެއް އެފަދަ ހާލަތްތަކުގައި އޮވެގެން ނުވާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވަނީ އެވަޒީރާއި އެއަންހެންމީހާ ވަރަށް ގިނައިން މެސެޖްކޮށް ހަދާފައިވާކަމަށާއި ބައެއް އާންމު ބައްދަލުވުންތަކުންވެސް އެދެމީހުން ބައްދަލުވެފައިވާ ކަމަށެވެ.
— Mohamed Jameel Ahmed (@MJameelAhmed) July 20, 2026
މިއީ ޑިމޮކްރަސީތަކުގައި މިފަދަ ތުހުމަތުތައް އަމާޒުވުމުން ޕަބްލިކް އޮފީސް ހޯލްޑުކުރާ ފަރާތްތަކުން އަމަލް ކުރަން… https://t.co/Lmstq5nBcd
އެގޮތުން، އެފަދަ ތުހުމަތުތައް ކުރާ ފަރާތްތަކަށް ބިރުދައްކައި، ފަހަތުން ދުވެ ކޯޓު އަމުރުތައް ހޯދުމުގެ ބަދަލުގައި، ރައްޔިތުންގެ އިތުބާރު ގެއްލި މަގާމުގެ ހައިބަތަށް އުނިކަން އަތުވެއްޖެ ކަމަށް ގަބޫލުކޮށް، އަމިއްލައަށް އިސްތިއުފާ ދިނުމަކީ އެންމެ ރިތި ގޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި ޒިންމާދާރުކަމާއެކު މަގާމުން ދުރުވުން ނޫން އިތުރު ގޮތެއް އެފަދަ ހާލަތްތަކުގައި އޮވެގެން ނުވާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު