ބްރުކިނަ ފާސޯގައި ޝަރީޢާ ޤާނޫނު ތަންފީޛުކުރުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތައް އެ ޤައުމުގެ ރައީސް ކެޕްޓަން އިބްރާހީމް ޓްރާއޯރޭ ދޮގުކުރައްވައިފިއެވެ. އަދި އެ ޤައުމަކީ އަބަދުވެސް މިނިވަން، ސިޔާދަތު ލިބިގެންވާ އަދި ދީނީ ތަފާތުކުރުންތަކުން އެއްކިބާވެފައިވާ ސެކިއުލަރ ޤައުމެއްގެ ގޮތުގައި ދަމަހައްޓަވާނެ ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އާންމުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޤައުމަށްވުރެ މަތީގައި އެއްވެސް ދީނެއް ނޯންނާނެ ކަމަށާއި، މުސްލިމް އާބާދީ ބޮޑުވި ނަމަވެސް ބުރުކިނަ ފާސޯގައި ޝަރީޢާ ޤާނޫނު ތަންފީޛު ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އަމިއްލަފުޅަށް މުސްލިމެއްކަން ފާހަގަކުރައްވަމުން ރައީސް ޓްރާއޯރޭ ވިދާޅުވީ، އިސްލާމްދީނުގެ ކަންކަން ފުރިހަމައަށް އަމަލުކުރުމުގެ ފުރިހަމަ މިނިވަންކަން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ފަދައިން، އެ ޤައުމުގައި އުޅޭ އެހެނިހެން ދީންތަކުގެ މީހުންނަށްވެސް އެމީހުންގެ އަމިއްލަ އަޤީދާތަކާއި ދީނީ ހަމަތަކުގެ މަތީގައި އުޅުމުގެ ފުރިހަމަ ޙައްޤު ލިބިގެންވާ ކަމަށެވެ.
އަދި ޤައުމުގެ ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސް ޝަރީޢާ ތަންފީޛުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަން ހާމަކުރައްވަމުން، އެމަނިކުފާނު ވަނީ މިކަމާ ގުޅޭގޮތުން އުފެދިފައިވާ ހުރިހާ ޝައްކުތަކަކަށް ވަރަށް ސާފުކޮށް ޖަވާބެއް ދެއްވާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު