ދައުލަތުގެ ކުންފުނިތައް ކުޑަކުރުމުގެ ނަމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ނިންމާފައިވަނީ، ސީދާ އެމްޑީޕީގެ ކުރީގެ ސަރުކާރު ނިމުނުއިރު އެ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންގެ އަދަދަށް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް ޕީސީބީން އެންގުމާ ގުޅިގެން، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން، ކުންފުނިތައް 'ރޯންގް ސައިޒް' ކޮށްފައިވަނީ މި ސަރުކާރުން ކަމަށާއި، މިހާރު ގެންދަނީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ކުންފުނިތައް އޮތް ސައިޒަށް އަނބުރާ ކުޑަކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވިގޮތުގައި، މިދިޔަ ސަރުކާރު ނިމުނުއިރު ދައުލަތުގެ ކުންފުނިތަކުގައި ތިބީ ގާތްގަނޑަކަށް 30,000 މުވައްޒަފުންނެވެ.
ނަމަވެސް މިހާރު ކުންފުނިތަކުގައި 44,645 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން ކަނޑާލުމުން އަނބުރާ އަންނަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ކުންފުނިތަކުގައި މުވައްޒަފުން ތިބި އަދަދު ކަމަށްވާ 29,913 އަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތަކުގައި މުވައްޒަފުން ގިނަ ކަމަށް ބުނެ މި ސަރުކާރުން މީގެ ކުރިން ފާޑުކިޔަމުންދިޔަ ނަމަވެސް، މިއަދު ހަމަ އެ އަދަދަށް ކުންފުނިތައް 'ރައިޓް ސައިޒް'ކުރުމަށް މަސައްކަތް ކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ. ޕީސީބީގެ ރިޕޯޓުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކުގައި ތިބީ 34,000 އެއްހާ މުވައްޒަފުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު