މި ސަރުކާރުގެ މިސްރާބު މުޅިން އޮޅިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ވަނީ މިދިޔަ ސަރުކާރުގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ބޮޑު އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ވެރިކަން ބަދަލުވިއިރު ގިނަ ރަށްރަށުގެ މަސައްކަތްތައް 99 އިންސައްތަ ނިމިފައި ހުރި ނަމަވެސް، މިހާރު އެ މަޝްރޫއުތައް ފުރިހަމައަށް ނުނިމި ދެ އަހަރު ވެގެންދިއުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ ރައްޔިތުންނަށް އޮޅުވާލެވޭ ފަދަ "މޮޅެތި" ވާހަކަތައް ދެއްކުމަށް ކަމަށް ފައިސަލް ތުހުމަތުކުރެއްވި އެވެ. އެގޮތުން ރަސްމާލެ މަޝްރޫއާއި، އަގުބޮޑު ޑްރޯން ގެނައުމާއި، ވައިޑް ބޮޑީ އެއާކްރާފްޓް ހޯދުމުގެ އިތުރުން ކަނޑުއަޑީގެ ބިއްލޫރި ޓަނަލް ފަދަ މިވަގުތަށް މުހިންމު ނޫން ބޮޑެތި ހަރަދު ހިނގާ ކަންކަމަށް ސަރުކާރުގެ މިސްރާބު ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ބަންކަރިން, ޑިވެލޮޕްމަންޓް ބޭންކާއި އައްޑޫ ބްރިޖުގެ ވާހަކަ ދެއްކި ނަމަވެސް، ރަށްރަށުގައި ބިންގާ އަޅާފައިވާ މަޝްރޫއުތައް ކުރިއަށް ނުދާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިއީ ކުރިއަށް އޮތް އިންތިޚާބުތަކަށް އަމާޒުކޮށް ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއް ކަމަށެވެ.
ފައިސަލްގެ ގެ ވާހަކަފުޅުގައި ދަރަނި އޮތްކަން އެނގި ތިބެ ބޭކާރު ހަރަދުތައް ކުރުމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ބާއްވާ ބިޒްނަސް ފޯރަމްތަކާއި، ސިޔާސީ މަގާމުތައް އިތުރުވުމާއި، އެމްބަސީތަކުގެ ހަރަދުތައް ބޮޑުވަމުންދާކަންވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އަލިއޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، މިހާރު ހިއްކާފައިވާ ގުޅީފަޅާއި ގިރާވަރުފަޅަށް އަސާސީ ހިދުމަތްދީ މީހުން އާބާދުކުރުމުގެ ބަދަލުގައި، އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން އައު ތަންތަން ހިއްކުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އަދި މިހާރު ފެންނަނީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގެ ބަދަލުގައި ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާވެފައިވާ މަންޒަރު ކަމަށާއި، މީގެ ހައްލެއްގެ ގޮތުން ގާނޫނުއަސާސީއަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ARG
ކިޔުންތެރިންގެ ހިޔާލު