ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން އާ ސަރުކާރަކަށް ބަދަލު ގެންނަނީ ކުރީގައި ކޮށްފައިހުރި ކަންކަން ރަނގަޅުކުރުމަށް ކަމަށާއި، ނަމަވެސް ޑރ. މުއިއްޒުގެ ކެމްޕޭނާއި މިހާރުގެ ވަޒީރުން ވެވަޑައިގެންނެވި އެއްވެސް ވައުދެއް ފުއްދިފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ އަސްލު ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި، ރައީސް ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށާއި، ލޯނުތައް ރިފައިނޭންސް ކުރުމަށް ފެހި ސިގުނަލް ލިބިފައިވާ ކަމަށް ވިދާޅުވެ ސަރުކާރުން ވާހަކަ ދެއްކެވި ނަމަވެސް، އެއިން އެއްވެސް ކަމެއް ހަގީގަތަކަށްވެފައި ނުވާ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް ބަދަލުވަނީ ވެސް ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ކަމަށްވާތީ، ވެރިކަމަށް އައުމަށްފަހު އަބަދު ކުރީގެ ސަރުކާރުގެ ވާހަކަ ދެއްކުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ވެރިކަމާ ހަވާލުވުމަށްފަހު ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ ކަންކަމުގެ ޒިންމާ ނަގައި، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މިހާރުގެ ސަރުކާރުން އިސްކަންދޭންޖެހޭނެކަމަށެވެ.

ގައުމަށް ދިމާވެފައިވާ އިގުތިޞާދީ އަދި މާލީ ގޮންޖެހުންތަކުން އަރުވައިގަތުމަށްޓަކައި ޙަޤީޤީ މަސައްކަތްތަކެއް ފެންނަންޖެހޭ ކަމަށާއި، ހަމައެކަނި ވާހަކަ ދެއްކުމުން ކަންކަން ރަނގަޅު ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު