ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ގައުމަށް ހެޔޮވެރިކަމެއް ފޯރުކޮށްދީ، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގެ ބޮޑު ޝައުގުވެރިކަމެއް އެބައޮތް ކަމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މިއަދުގެ ހާލަތުގައި ރައްޔިތުން ބޭނުންވަނީ ހެޔޮ ބަދަލެއް ކަމަށާއި އެ ބަދަލު ގެނައުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އަދި އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ 2028 ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން ކަމަށްވެސް ފައިސަލް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ގެއްލިފައިވާ ބާރުތައް އަނބުރާ ހޯދައިދީ، ގައުމަށް ތަރައްގީއާއި ހަމަހަމަކަން ގެނެސްދިނުމަށް އެމްޑީޕީއަށް ވެރިކަން ހޯދައިދޭންޖެހޭ ކަމަށެވެ.

އަދި ގައުމަށް ހެޔޮއެދޭތީއާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި މި މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ފައިސަލް ދެއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު