ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިޔާސީ ބޭނުމަށް ވަޒީފާތައް ބަހަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިންތިޚާބެއް ނެތުމުން ހަމައެއްލަމައެއް ނެތި ވަޒީފާތަކުން މީހުން ވަކިކުރަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި ކުރީގެ ޑިފެންސް މިނިސްޓަރު އުސްތާޒާ މާރިޔާ އަޙްމަދު ދީދީ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މީހުން ވަޒީފާއިން ވަކިކުރާ މައްސަލައާ ގުޅިގެން "ޖޮބް ބުރާސްފަތި" ގެ ނަމުގައި ބާއްވާ މި ޕެނަލް ޑިސްކަޝަން އޮންނާނީ މާދަމާ ރޭ (23 ޖުލައި 2026) ގެ 9:00 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.
މި ޕެނަލްގައި ޑިސްކަޝަންގައި ބައިވެރިވެޑައިގަންނަވަނީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި ރިޔާޒު މަންސޫރާއި އަދި އީމާ ޝަފީޤު ކަމަށް އެމްޑީޕީން ބުނެއެވެ.
އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން ދަނީ ވަކި އުޞޫލެއް ނެތި، ސިޔާސީ ސަބަބުތަކަށްޓަކައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންނެވެ. މި ޕެނަލް ޑިސްކަޝަނުގައި މި މައްސަލައާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ސަރުކާރުގެ މި އަމަލުތަކަށް ފާޑުކިޔުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު އެންގުމަށްފަހު، އެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިހާރު ވަނީ އަންގާފައެވެ. ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތަކުން މީހުން ވަކިކުރަމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މިފަހުން މާލޭގައި މުޒާހަރާއެއްވެސް ކޮށްފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު