އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވައިފިއެވެ. ޓްރަމްޕް މިހެން ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު އދ. ގެ އާންމު މަޖިލީހަށް ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގަންނަވާއިރު، އޭނާ ހައްޔަރުކުރުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ނިއުޔޯކްގެ މޭޔަރު ބައްލަވަމުންދާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަތަންޔާހޫ އެމެރިކާގައި ހުންނަވަނިކޮށް އެއްވެސް ގޮތަކުން ހައްޔަރު ނުކުރާނެ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ކުރާ މަސައްކަތުގައި ނަތަންޔާހޫއަށް ތައުރީފު ކުރައްވައި، ޓްރަމްޕް ވިދާޅުވީ ޝަރީއަތް ކުރަންޖެހެނީ އިޒްރޭލުގެ ލީޑަރުންގެ މައްޗަށް ނޫން ކަމަށާއި، އެއީ އީރާނުގެ ލީޑަރުންގެ މައްޗަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.
މި މައްސަލައިގައި ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އިން ނެރެފައިވާ ހައްޔަރު އަމުރަށް އަމަލުކުރުމުގެ ގާނޫނީ ބާރު ސިޓީގެ ކަމާބެހޭ ފަރާތްތަކަށް އޮތްތޯ ބަލަމުންދާ ކަމަށެވެ. 'ދަ ނިއުޔޯކް ޓައިމްސް' އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށާއި، އޭނާ ހުންނަންޖެހޭނީ ހޭގްގެ ބައިނަލްއަގުވާމީ ކޯޓުގައި ކަމަށެވެ.
ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އައި.ސީ.ސީ އިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.
އެ ކޯޓުން ތުހުމަތުކުރާ ގޮތުގައި އިޒްރޭލުގެ ލީޑަރުން ވަނީ ގާޒާގެ އާންމު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ފެނާއި، ތެލާއި ބޭސް ގަސްދުގައި ހުއްޓުވައި، އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ.
އިޒްރޭލުން މި ތުހުމަތުތައް ދޮގުކުރާއިރު، އދ. އަށް ކަނޑައަޅާފައި ހުންނަވާ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވިދާޅުވީ މޭޔަރުގެ ވާހަކަތަކަކީ "ސިޔާސީ ކުޅިވަރެއް" ކަމަށާއި، ނަތަންޔާހޫ ހައްޔަރުކުރުމުގެ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޓްރަމްޕްގެ މި ބަޔާނާއެކު، އެމެރިކާގެ ބިމުގައި ނަތަންޔާހޫއަށް އެއްވެސް ގާނޫނީ ހުރަހެއް ކުރިމަތިވިޔަ ނުދޭނެކަން މިވަނީ ހާމަވެފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު