އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން 1.15 ޓްރިލިއަން ޑޮލަރުގެ އަހަރީ ޑިފެންސް ސްޕެންޑިންގ ބިލް (ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް ނުވަތަ އެންޑީއޭއޭ) ފާސްކޮށްފިއެވެ.
216 ވޯޓުގެ އަޣުލަބިއްޔަތުން ފާސްކުރި މި ބިލާ ދެކޮޅަށް 212 މެމްބަރުން ވޯޓު ދީފައިވާއިރު، މީގެ ތެރޭގައި ގިނައީ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނެވެ. ޑިމޮކްރެޓުން މި ބިލާ ދެކޮޅު ހަދާފައިވާ މައިގަނޑު ސަބަބަކީ، ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވަމުން ގެންދަވާ ހަނގުރާމައަށް އެއްވެސް ސިފައެއްގައި ތާއީދު ކުރެވެން ނެތުމުންނެވެ.
މި ބިލް ސެނެޓަށް ފޮނުވުމުގެ ކުރިން، ވޯޓުލުމުގެ ޤަވާއިދުތައް ހަރުކަށިކުރާ "ސޭވް އެމެރިކާ އެކްޓް" އާ ގުޅުވާލުމަށް ހައުސް އިން ވަނީ ނިންމާފައެވެ. ސޭވް އެމެރިކާ އެކްޓަކީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ވޯޓުލާ މީހުންގެ އައިޑީ ކަށަވަރުކުރުން އިތުރަށް ހަރުކަށިކުރާ ބިލެކެވެ.
ކުރިއަށް އޮތް މިޑްޓަރމް އިންތިޚާބުގެ ކުރިން މި ބިލް ފާސްކުރުމަށް ރައީސް ޓްރަމްޕް ވަރަށް ބޮޑަށް ބާރުއަޅުއްވަމުން ގެންދަވާއިރު، އެހެން އެއްވެސް ބިލެއްގައި ސޮއިކުރައްވާނީ އެ ބިލް ފާސްކުރުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސެނެޓުގައި އެ ބިލް ފާސްކުރެވޭ ވަރަށް ރިޕަބްލިކަންސްއަށް ތާއީދު ނެތުމުން މިކަން ވަނީ މަޑުޖެހިފައެވެ.
މި ޑިފެންސް ބިލް ސެނެޓުން ފާސްވުމަކީވެސް ވަރަށް އުނދަގޫ ކަމަކަށް ވާނެކަމަށް ބެލެވެއެވެ. ސެނެޓުގެ ޑިމޮކްރެޓް މެމްބަރުން ވަނީ އީރާނުގެ ހަނގުރާމައާމެދު އޮތް ކަންބޮޑުވުންތަކާއެކު، މީގެ ކުރިންވެސް މި ބިލް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފައެވެ.
ފެބްރުއަރީ މަހު ފެށި މި ހަނގުރާމައަށް ފަސް މަސް ވެފައިވާއިރު، އެމެރިކާގެ 17 ސިފައިން މިހާތަނަށް ވަނީ މަރުވެފައެވެ. ދެ ޤައުމުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމަކަށް އައުމަށް ޖޫން މަހު މަޝްވަރާކުރެވުނު ނަމަވެސް، ޓްރަމްޕް ވަނީ އެ އެއްބަސްވުން އުވިއްޖެކަމަށް އިޢުލާންކުރައްވައި އަލުން ޙަމަލާތައް ފައްޓަވާފައެވެ.
ފާސްކުރެވުނު ޑިފެންސް ބިލުގެ ދަށުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސަށް 1 ޓްރިލިއަނަށްވުރެ ގިނަ ޑޮލަރު، އަދި ނިއުކްލިއަރ ހަތިޔާރު ބެލެހެއްޓުމަށް އެނަރޖީ ޑިޕާޓްމަންޓަށް 40 ބިލިއަން ޑޮލަރު ކަނޑައެޅިފައިވެއެވެ. މީގެ އިތުރުން ސިފައިންގެ މުސާރަ ބޮޑުކުރުންވެސް މި ބިލުގައި ހިމެނެއެވެ.
ޓްރަމްޕްގެ ސަރުކާރުން ސިއްހީ އަދި އިޖުތިމާޢީ ޕްރޮގްރާމްތަކުގެ ބަޖެޓު ކުޑަކުރުމަށްފަހު އަސްކަރީ ބަޖެޓު ބޮޑުކުރާތީ ޑިމޮކްރެޓުން ފާޑުކިޔަމުން ދިޔަ ނަމަވެސް، ރިޕަބްލިކަންސް އިން ބުނަމުންދަނީ އެމެރިކާގެ އަސްކަރިއްޔާއަށް ފާއިތުވި އަހަރުތަކުގައި ވެފައިވާ ގެއްލުންތައް ފޫބެއްދުމަށް މިއީ ކޮންމެހެން ބޭނުންތެރި އިތުރުކުރުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު