ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ހިންގައި، ޚިދުމަތް ދޭ ފަރާތްތަކާއި ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމަށްޓަކައި އެކުލަވާލާފައިވާ މުހިންމު ބިލެކެވެ.
މި ބިލު އެންމެ ފުރަތަމަ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 14 މޭ 2026 ގައެވެ. ނަމަވެސް، ބިލުގައި ހުރި ބައެއް ކަންބޮޑުވުންތަކަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ނުކުރައްވައި، އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން 31 މޭ 2026 ގައި މަޖިލީހަށް އަނބުރާ ފޮނުއްވާލެއްވިއެވެ. އޭގެ ފަހުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލު އިތުރަށް ދިރާސާކޮށް، ރައީސް ފާހަގަކުރެއްވި އިސްލާހުތައް ހިމެނުމަށްފަހު، ބިލު ދެވަނަ ފަހަރަށް ފާސްކުރީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ބިލު އަނބުރާ ފޮނުއްވާލެއްވިއިރު ރައީސް ފާހަގަކުރެއްވި މައިގަނޑު އެއް ކަންބޮޑުވުމަކީ، ގައިދީންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކުން ގުނަވަން ހަދިޔާކުރުމުގެ މައްސަލައެވެ. ރައީސް ވިދާޅުވީ، ބަންދުގައި ތިބޭ މީހުންނަކީ އެމީހުންގެ މިނިވަންކަން ހަނިވެފައިވާ ބަޔަކަށްވާތީ، އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުމުގައި ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު ދިނުމަކީ ގާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން، މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބުތައް އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް، ގިސާސ ހިފުމާއި ދިޔަ ހޯދައިދިނުން ހިމެނޭ ގޮތަށް ބަދަލުކުރުމަށްވެސް ރައީސް އިރުޝާދު ދެއްވިއެވެ.
އެ ގާނޫނުގެ ދަށުން، ގުނަވަން ބަދަލުކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އެކުލަވާލައްވާނެއެވެ. އަދި ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ހުއްދަ ދޫކުރާނީ މި ގާނޫނުގެ ދަށުން އުފައްދާ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އިންނެވެ. ގާނޫނުގައިވާ ގޮތުން، އެ ހިދުމަތާ ގުޅޭ ހުރިހާ މިންގަނޑުތަކާއި އިޖުރާއަތްތައް ބަޔާންކުރާ ގަވާއިދުތައް ހަދައި، އެކަންކަން ތަންފީޒުކުރަން ޖެހޭނީ އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ ފަންނީ ލަފާގެ މަތިންނެވެ.
މި ބިލުގައިވާ ގޮތުން، ގާނޫނާ ހިލާފަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމަކީ ބޮޑު ކުށެކެވެ. މީހެއްގެ ރުހުމާ ނުލައި ގުނަވަން ނަގައިފި ނަމަ، އެކަމުގެ އަދަބެއްގެ ގޮތުން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުން ނުވަތަ ދިޔަ ހޯދައިދިނުމާއެކު، 250,000 ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، 18 މަސް ދުވަހާއި 24 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ. މިއީ ކުރިން ބިލުގައި އޮތް އަދަބުތަކަށްވުރެ ބޮޑެތި އަދަބުތަކެކެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އެ މުއްދަތުގެ ތެރޭގައި ގާނޫނަށް ބޭނުންވާ ގަވާއިދުތަކާއި، އުސޫލުތަކާއި، އިޖުރާއަތްތައް އެކުލަވާލައި ނިންމަންޖެހޭނެ ކަމަށްވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު