ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު ލެސްޓާގެ ވާޑީ
ރޭގެ މެޗްގައި ގޯލް ޖެހުމަށްފަހު ލެސްޓާގެ ވާޑީ
އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްގެ މައްޗަށް 0-1 އިން ކުރި ހޯދައި ލެސްޓަރ ސިޓީ ޓޭބަލްގެ 4 ވަނަ އަށް ޖެހިލައިފިއެވެ.

ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލްއާ ދެކޮޅަށް ލެސްޓާ ކުޅުނު މެޗުގައި ދެޓީމަށްވެސް ރަނގަޅު ޙަމަލާތަކެއް ފޮނުވާލެވިފައި ނުވާއިރު، ފުރަތަމަ ހާފް ޑޮމިނޭޓް ކުރީ އާސެނަލް އިންނެވެ.

މެޗްގެ ދެވަނަ ހާފްގައި ސެންޖިޒް އުންޑާގެ ޕާހަކުން ވާޑީ ޖެހި ގޯލަކީ އޭނާ ޕްރިމިއާ ލީގުގައި އާސެނަލް ކޮޅަށް ޖެހި 11 ވަނަ ގޯލެވެ. އާސެނަލް ކޮޅަށް ވާޑީއަށްވުރެ ގިނައިން ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ވޭން ރޫނީއެވެ. ރޫނީ ވަނީ އާސެނަލް ކޮޅަށް 12 ގޯލް ޖަހާފައެވެ.

ހަ މެޗުން ނުވަ ޕޮއިންޓާއެކު އާސެނަލް ލީގު ތާވަލުގެ 10 ވަނައިގައި އޮތްއިރު، ލެސްޓާ ވަނީ މޮޅާއެކު ހަތަރުވަނައަށް ޖެހިލައިފައެވެ. ލެސްޓާއަށް ހަ މެޗުން ލިބުނީ 12 ޕޮއިންޓެވެ.

ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން ވަނީ ސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވެފައެވެ. އެވަޓަން ބަލިވީ 2-0ގެ ނަތީޖާއަކުން ސައުތެމްޓަން އަތުން ބަލިވުމުންނެވެ.

މިރޭ އެވަޓަން ކޮޅަށް ސައުތުހޭމްޓަންގެ ގޯލްތައް ޖަހައިދިނީ ވާޑްޕްރޯސްގެ އާއި ޗާ އެޑަމްސްއެވެ. މެޗުގައި އެވަޓަންގެ ލޫކަސް ޑީނިއާއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. ލީގު ތާވަލުގެ އެއް ވަނައިގައި އެވަޓަން އޮތް އިރު، ސައުތުހޭމްޓަން އޮތީ 10 ޕޮއިންޓާއެކު 6 ވަނައިގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން