މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުން އަލަށް ހެދި 500 އެއްހާ މީޓަރުގެ ސަރަހައްދު ނިންމައި، އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ދައްކަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ، އުތުރު ބޮޑުމަގުން އަލަށް ހެދި ބައި ވަރަށް ރީތި ކަމަށެވެ. ނަމަވެސް، އެއީ ކައުންސިލަކުން ކުރާ ފެންވަރުގެ ކުޑަ މަސައްކަތެއް ކަމަށާއި، އެވަރުގެ ކަމަކާ ގުޅިގެން ސަރުކާރުން އުޅޭ ގޮތުން ލަދުގަންނަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވައްޑެގެ ޕޯސްޓުގައި ސަރުކާރުގެ އަމަލުތައް ސިފަކުރައްވާފައިވަނީ "އާ ކުކުޅަކަށް ގާބިހެއް އެޅިގެން" އުޅޭ ފަދަ ގޮތަކަށެވެ. އޭނާ ވިދާޅުވީ 500 މީޓަރުގެ މަގުކޮޅެއް ހެދުމަކީ ކައުންސިލެއްގެ ފެންވަރުގައި ކުރެވޭނެ ކަމެއް ކަމަށާއި، އެކަމާ ގުޅިގެން މުޅި ދައުލަތުން ބޮޑު އީދެއް އައިސްގެން އުޅޭހެން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދައުލަތުގެ ފެންވަރުގައި ބޮއްސުންނުލާ ވަކި ކަމެއް ނެތް،" ގައުމުގެ މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވަމުން ވައްޑެ ވިދާޅުވިއެވެ.
މި ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއަކީ ވަރަށް މުހިންމު، ބޮޑު މަޝްރޫއެއްގެ ގޮތުގައި އިޝްތިހާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު