އިންޑިއާގެ މަރުކަޒީ ތައުލީމީ ވަޒީރު ދަރްމެންދުރާ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، އެ ގައުމުގައި ދާޚިލީ އިމްތިހާނުތަކުގެ ޕޭޕަރު ލީކުވި މައްސަލައިގައި އިހުތިޖާޖު ކުރަމުންދާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދީޕްކޭ ވިދާޅުވީ އިހުތިޖާޖުގެ ހަރަކާތްތައް އަދި ނުނިމޭ ކަމަށެވެ.
ނީޓް އިމްތިހާނުގެ ޕޭޕަރު ލީކުވި މައްސަލައިގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެ، ދަރްމެންދުރާ ޕްރަދާން އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވެވި ޚަބަރާއެކު، ނިއު ދިއްލީގެ ޖަންތަރު މަންތަރުގައި މުޒާހަރާ ކުރަމުންދިޔަ ސީޖޭޕީގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ސީޖޭޕީގެ ބާނީ އަބީޖީތު ދީޕްކޭ އަށް މި ޚަބަރު ލިބުމާއެކު، އޭނާ ވަނީ ސްޓޭޖް މައްޗަށް ކަކޫޖަހައި، އިހުސާސްތައް ކޮންޓްރޯލް ނުވެވިގެން ސްޓޭޖް މައްޗަށް ވެއްޓިފައެވެ.
އެއަށްފަހު ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ދީޕްކޭ ވިދާޅުވީ، މިއީ ސުލްހަވެރިކަމާއެކު ކުރި އިހުތިޖާޖަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ޑިމޮކްރަސީއެއްގައި ބިރުގަންނަން ނުޖެހޭނެ ކަން މިއަދު ސާބިތުވެއްޖެ ކަމަށެވެ. ނަމަވެސް، މި ހަރަކާތް އަދި ނިމުނީ ނޫން ކަމަށާއި، އެ މީހުންގެ އިތުރު ދެ ޝަރުތެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސީޖޭޕީން ހުށަހަޅާފައިވާ ފުރަތަމަ ކަމަކީ، ނީޓް ޕޭޕަރު ލީކުވުމުގެ ހާދިސާއާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި ކޮންމެ އާއިލާއަކަށް އެކެއް ކްރޯޑް އިންޑިއަން ރުޕީސް (10 މިލިއަން ރުޕީސް) ދިނުމެވެ. ދެވަނަ ކަމަކީ، އިހުތިޖާޖުގެ ބައިވެރިންނާމެދު އަނިޔާވެރިކޮށް އަމަލުކުރި ފުލުހުންނަށް ގާނޫނީ ފިޔަވަޅު އެޅުމެވެ.
ނީޓް އިމްތިހާނުގެ މައްސަލައިގައި ސަރުކާރުން ވަނީ ގައުމީ ޓެސްޓިން އެޖެންސީ (އެންޓީއޭ) ގެ 47 އޮފިޝަލަކު މަގާމުން ވަކިކޮށް، ގާނޫނުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. ނަމަވެސް އިހުތިޖާޖު ކުރާ ފަރާތްތަކުން ބުނަމުންދަނީ އެ މީހުންގެ ހުރިހާ އެދުންތަކެއް ފުރިހަމަވަންދެން މުޒާހަރާތައް ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު