63 އަހަރުގެ އަންހެނާ
63 އަހަރުގެ އަންހެނާ
ގިނަ އަހަރުތަކެއް ވަންދެން ދަރިއަކު ނުލިބި ހުރުމަށްފަހު، އަޒަރުބައިޖާންގެ 63 އަހަރުގެ އަންހެނަކު ޒަމާނީ މެޑިކަލް ފަރުވާއެއްގެ އެހީގައި ރަނގަޅު ސިއްހަތެއްގައި ހުރި ކުއްޖަކު ވިހައިފިއެވެ.

މިއީ އުފަންވެނިވި ސިއްހަތުގެ ދާއިރާއިން (ރީޕްރޮޑަކްޓިވް މެޑިސިން) ހޯދުނު ޚާއްޞަ ކާމިޔާބީއެއްގެ ގޮތުގައި ސިއްހީ މާހިރުން ސިފަކުރެއެވެ.

މި އުފާވެރި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރީ ޑޮކްޓަރު އޮފް ފިލޯސަފީ އިން މެޑިސިން، ޑޮކްޓަރު ނާތިޤް މެހްރަމޯވް އެވެ. ޑޮކްޓަރު މެހްރަމޯވް ވިދާޅުވި ގޮތުގައި، އެ އަންހެންމީހާއަށް ގުދުރަތީ ގޮތުން މާބަނޑުވުމުގެ ފުރުސަތު ނުލިބި ގިނަ އަހަރުތަކެއް ވެފައިވީ ނަމަވެސް، ދެވުނު ކާމިޔާބު ސިއްހީ ފަރުވާއަށްފަހު އޭނާ ވަނީ މައަކަށް ވުމުގެ އުފާ ހޯދާފައެވެ.

އަދި މާތްﷲގެ ވާގިފުޅާއެކު ބޭނުންވާ ފަރުވާ ފުރިހަމަކޮށް، 63 އަހަރުގެ އެ މީހާ އޭނާގެ ދަރިފުޅު ވިހައި، ފުރަތަމަ ފަހަރަށް އުރާލަން ލިބުމަކީ އެ އާއިލާއަށް ލިބުނު ބޮޑު އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި، މިއީ ޒަމާނީ އުފަންވެނިވި ސިއްހަތުގެ މެޑިކަލް ދާއިރާއަށް އައިސްފައިވާ ކުރިއެރުންތައް އަންގައިދޭ މުހިންމު ހެއްކެކެވެ. އަދި މީގެ ސަބަބުން ގިނަ އަހަރުތަކެއް ވަންދެން ފުރިހަމަނުވެ އޮތް ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔައެވެ.

63 އަހަރުގެ އުމުރުގައި ކުއްޖަކު ވިހެއުމަކީ ވަރަށް ނާދިރު އަދި ހާއްސަ ކަމަކަށްވާތީ، މި ޚަބަރަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު