އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) ގެ އަމުރަށް ތަބާވެ އޭނާ ހައްޔަރުކުރުމަށް، އެމެރިކާގެ ކޮންގްރެސް މެންބަރު ރޯ ހަންނާ ތާއީދުކުރައްވައިފިއެވެ. މިކަމަށް އޭނާ ތާއީދުކުރެއްވީ، ނެތަންޔާހޫ ހައްޔަރުކުރުމަށް ގޮވާލައި ނިއުޔޯކް ސިޓީގެ މަޖިލިސް މެންބަރު ޒުހްރާން މަމްދާނީ ކުރެއްވި އިލްތިމާސާ ގުޅިގެންނެވެ.
ކެލިފޯނިއާ ދާއިރާ ތަމްސީލުކުރައްވާ ޑިމޮކްރެޓިކް މެންބަރު ރޯ ހަންނާ މިފަދައިން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ހަފުތާގައި ނެތަންޔާހޫ ވޮޝިންގްޓަނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. ނެތަންޔާހޫގެ މި ދަތުރުފުޅަކީ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށާއި، އަވަހާރަވި ސެނެޓަރު ގްރޭހަމްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިކަމާ ގުޅޭގޮތުން ޒުހްރާން މަމްދާނީ ފާހަގަކުރެއްވި ގޮތުގައި، ނިއުޔޯކް ސިޓީއަށް އައިސީސީގެ އަމުރު ތަންފީޒުކުރުގެ ސީދާ ޤާނޫނީ ބާރު ނެތް ނަމަވެސް، އެމެރިކާގެ ފެޑެރަލް ސަރުކާރަށް އެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޤަތުލުއާންމުގެ އިސް މޭސްތިރިއަކީ ނެތަންޔާހޫ ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
ކެޕިޓޮލް ހިލްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޯ ހަންނާ ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމަށް އިޙްތިރާމްކުރުމުގެ ގޮތުން އައިސީސީން ނެރޭ އަމުރުތަކަށް އެމެރިކާއިން އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ. އަދި ނިކަމެތި އަންހެނުންނާއި ކުޑަކުދިން ޝަހީދުކުރުމަށްފަހު، ބައިނަލްއަޤްވާމީ ކުށްވެރިއެއްގެ ގޮތުގައި ހުރެ އެމެރިކާއަށް އައުމުން އެއްވެސް ފިޔަވަޅެއް ނޭޅި ސަލާމަތްވެވޭނެ ކަމަށް ނެތަންޔާހޫ ހީކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ ސަރަހައްދަށް އޭނާ ވަދެއްޖެނަމަ، މާޝަލުން ފޮނުވައިގެން ނަމަވެސް އޭނާ ހައްޔަރުކުރަންޖެހޭނެ ކަމަށް ހަންނާ ބާރުއެޅުއްވިއެވެ.
އެހެންނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ވާހަކަތަކަށް ރައްދު ދެއްވައި، ނެތަންޔާހޫ އެމެރިކާގައި ހުންނަވާ މުއްދަތުގައި އޭނާ ހައްޔަރު ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޣައްޒާގައި ހިންގި ހަނގުރާމަވެރި ކުށްތަކާ ގުޅިގެން 2024 ވަނަ އަހަރު އައިސީސީން ނެތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވީ ނަމަވެސް، އެމެރިކާއަކީ އެ ކޯޓުގެ އިޚްތިޞާޞް ބަލައިގަންނަ ޤައުމެއް ނޫންކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު