އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ގާނޫނުއަސާސީގެ މާއްދާ 370 ގެ ދަށުން އެ ސަރަހައްދަށް ލިބިދީފައިވާ ހާއްސަ އިމްތިޔާޒުތައް އަލުން އިއާދަކުރުމަށާއި، ކަޝްމީރުގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް ގޮވާލައި އަންނަ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ބޮޑު އިހުތިޖާޖުތަކެއް ބޭއްވުމަށް ރާވަމުންދާކަން ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) ގެ ލީޑަރު މެހެބޫބާ މުފްތީ އިއުލާންކުރައްވައިފިއެވެ.
ޖައްމޫ އެންޑް ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އިހުތިޖާޖުތަކަކީ އިންޑިއާގެ މަރުކަޒީ ސަރުކާރުން 2019 ވަނަ އަހަރުގެ އޮގަސްޓު 5 ގައި މާއްދާ 370 އުވާލައި، އެ ސަރަހައްދުގެ ހާއްސަ ދަރަޖަ ނިގުޅައިގަތް ދުވަހާ ދިމާކޮށް ރޭވިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މެހެބޫބާ މުފްތީ ވިދާޅުވި ގޮތުގައި، މި އިހުތިޖާޖުތަކުގެ މައިގަނޑު މަގުސަދަކީ ކަޝްމީރުގެ ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ ހައްގުތަކާއި ސަރަހައްދީ ސިޔާދަތު އަނބުރާ ހޯދުމަށް ސުލްހަވެރިކަމާއެކު އަޑުއުފުލުމެވެ.
މާއްދާ 370 އުވާލިފަހުން ކަޝްމީރުގެ މަޝްރަހަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އެ ނިންމުމަކީ ސަރަހައްދުގެ އިސްތިގުލާލަށާއި ރައްޔިތުންގެ ކަރާމާތަށް ދެވުނު ނުރައްކާތެރި އުނިކަމެއްގެ ގޮތުގައި މެހެބޫބާ ސިފަކުރެއްވިއެވެ.
އަދި ކަޝްމީރުގެ މައްސަލައަށް ދާއިމީ އަދި ސުލްހަވެރި ހައްލެއް ހޯދުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، ހުރިހާ ސަރަހައްދެއްގެ ރައްޔިތުންވެސް މި އިހުތިޖާޖުތަކުގައި ސުލްހަވެރިކަމާއެކު ބައިވެރިވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު