މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކައި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ ރޮކިބުލް ހަސަން (24އ) އާއި، އެމްޑީ ޖަކިރް ހޮސެއިން (29އ) އެވެ.
މި ދެ މީހުން އަތުލައިގަނެފައިވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމީހުން ހުއްޓުވައިގެންނެވެ. އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، އެމީހުންގެ އަތުގައި ހުރި ތަކެއްޗާއި ދުއްވި ސައިކަލުގެ އިތުރުން، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ޖުމްލަ 17 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން ބުނީ، މި ދެ މީހުންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބައެއް ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އިމިގްރޭޝަން ގާނޫނުގެ ދަށުން އެމީހުންނާ މެދު ފިޔަވަޅު އެޅުމަށްޓަކައި، މިހާރު އެ ދެ މީހުން ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، ބަނގުރާ އުފުލުމަށާއި އޭގެ ވިޔަފާރިކުރުމަށް އެމީހުން ބޭނުންކުރި ސައިކަލު ފުލުހުން ވަނީ ޓޯކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު