ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން ހިންގުމުގެ ފުރުސަތު މި ގައުމުގައި އޮންނަންޖެހޭނެ ކަމަށާއި، މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ ސަރުކާރުން ހުއްޓުވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވު ޕޯސްޓެއްގައެވެ. ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިއުޒިކް ކުޅުމަކީ މަނާކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންގެ ހައްގުތައް މި ރާއްޖޭގައި ހިމާޔަތްކުރެވެންވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އުބާ އިވެންޓްސްގެ ފަރާތުން އިންތިޒާމުކުރާ މި ޝޯއަށް ބޭނުންވާ ސްޕޮންސަރުން ހޯދައި، ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުން ދަނިކޮށް، ޝޯ ނުބޭއްވޭނެކަން ސަރުކާރުން އެންގީ އިއްޔެގެ ވަގުތެއްގައެވެ. ޝޯ ކެންސަލް ކުރަން އެންގިއިރު، ގިނަ އަދަދެއްގެ ޓިކެޓު ވިކި، ޝޯގެ ލޮޖިސްޓިކްސް ކަންކަމަށް ބޮޑެތި ހަރަދުތަކެއް ވަނީ ކޮށްފައެވެ.
މި ޝޯގައި ހުށަހަޅައިދޭ ބޭންޑުގެ މެންބަރުން ރޭގެ ވަގުތެއްގައި ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައިސްފައިވާއިރު، ސޯޝަލް ސެންޓަރުގައި ސްޓޭޖު އަޅައި، ޝޯގެ އެންމެ ފަހުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ. "ބިޔޯން އަގެއިން" ބޭންޑުގެ އިތުރުން ރާއްޖޭގެ ބައެއް އާޓިސްޓުންގެ އޯޕެނިން އެކްޓުތަކެއް ވެސް މި ޝޯގައި ހިމެނުމަށް އޮތީ ރޭވިފައެވެ.
ޝޯ ކެންސަލް ކުރަން އެންގި ސަބަބެއް ސަރުކާރުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، އިންތިޒާމުކުރާ ފަރާތުން ވެސް މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު