ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 20 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިއްޔެ ހުޅުމާލޭގައި ކުރިއަށްދިޔަ މި އޮޕަރޭޝަނަކީ އިމިގްރޭޝަންގެ ޓާސްކް ފޯސްއިން އިސްނަގައިގެން، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ދެނެގަތުމަށް ހިންގި ހަރަކާތެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި އޮޕަރޭޝަނުގައި ރަށު މާރުކޭޓުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 55 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ބަލައި ފާސްކޮށްފައެވެ.
މިގޮތުން ބެލި ބެލުމުން، އިމިގްރޭޝަންގެ ޤަވާއިދުތަކާ ޚިލާފަށް އުޅެމުންދިޔަ ކަމަށް ފާހަގަކުރެވުނު 20 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ސައްހަ ވިސާއެއް ނެތް މީހުންނާއި، ހުއްދަ ދެވިފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި މަސައްކަތް ކުރަމުންދިޔަ މީހުން ހިމެނެއެވެ.
ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދެއްވާ އިސްކަމުގެ ދަށުން، މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް 8,600 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖޭން ފޮނުވާލާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ދެނެގަތުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ ވަނީ އެއްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު