އައްޑޫގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައި އޮތުމުގެ ސަބަބުން، އައްޑޫގެ ރައްޔިތުންނަށް ލިބެންޖެހޭ އާމްދަނީން މަހަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ހިތަދޫ ރަސްގެދަރަ ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސެއިން ޒަރީރު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ތަކުރާރުކޮށް ހުރަސް އެޅެމުންދާ ކަމަށެވެ. އެގޮތުން އައްޑޫގެ އިހުތިސާސްގައި އޮތް 12 ފަޅު ރަށުގެ ތެރެއިން 8 ރަށެއް އެކިއެކި ނަންނަމުގައި ސަރުކާރަށް ނަގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވި ގޮތުގައި، ދާދި ފަހުން ހިއްކި 42 ހެކްޓަރުގެ ބިމާއި، ގޫގަލްއަށް ދޫކޮށްފައިވާ ބިމާއި، ހަންކެނޑެ އަދި ސަވާހިލި ފަދަ ސަރަހައްދުތަކުން ލިބޭ ކުލީގެ އާމްދަނީ ވެސް މިހާރު ލިބެމުންދަނީ ސީދާ ސަރުކާރުގެ މިނިސްޓްރީތަކަށެވެ.
"އައްޑޫ ކައުންސިލަށް އަތް ނުލެވޭ ގޮތަށް 100 ހެކްޓަރަށް ވުރެ ބޮޑު ބިން މައި ސަރުކާރުގެ ބެލުމުގެ ދަށުގައި އޮތްކަން ފާހަގަކޮށްލަން. އޭގެ ސަބަބުން އައްޑޫގެ ބިމުގެ އެންމެ ކުޑަ އަގު ކަމަށްވާ އެއް ރުފިޔާގެ ރޭޓުން ބެލިޔަސް، މަހެއްގެ މައްޗަށް 10 މިލިއަން ރުފިޔާ އައްޑޫ ރައްޔިތުންނަށް ގެއްލޭ،" ޒަރީރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އަހަރެއްގެ މައްޗަށް ބަލާއިރު މި ގެއްލުމުގެ އަދަދު 115 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ ދައުލަތުން ކައުންސިލަށް ދޭ ބްލޮކް ގްރާންޓަށް ވުރެ ވެސް ބޮޑު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ޓޫރިޒަމަށް ހާއްސަކޮށް ކައުންސިލްގެ ޕްލޭންގެ ދަށުން ހިއްކި ބިންތައް ސަރުކާރަށް ނަގާފައިވަނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ އިންވެސްޓަރުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށާއި، ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި ބިންތައް ނެގުމަކީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލުން ވަނީ އައްޑޫގެ ރައްޔިތުންނަށް ތަރައްގީ އާއި މަންފާ ލިބޭނެ ގޮތަށް ކަންކަން މަގުފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު