މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރަކީ ގައުމީ ފެންވަރުގެ ރަސްމީ ބަޔާނަކަށް ވުރެ ބޮޑަށް، ސިޔާސީ "ހަރުގެ ޖަލްސާއެއްގައި" ދައްކާ ފަދަ ވާހަކަފުޅުތަކެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ޕޯޑިއަމްތަކަށް އެރުމުން "ރަނގަޅަށް އަޅާލާށޭ" ނުވަތަ "ހޭ އަރުވާލައްޗޭ" ފަދަ ބަސްތަކުން ސަޕޯޓަރުން ހިތްވަރު ދިނުމަކީ އާންމު ކަމެއް ކަމަށެވެ. ނަމަވެސް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުން އެމަނިކުފާނަށް އެއީ ގައުމީ މުނާސަބަތެއްކަން އޮޅިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ރައީސް މުއިއްޒަށް މިނިވަންދުވަހު މިދެވުނީ މިބާވަތުގެ ހަރުގެ ޖަލްސާ ތަގްރީރެއް. ރަނގަޅަށް ހަމަ އެމްޑީޕީއަށް އަޅާލީ. ހަނދުމަފުޅެއް ނެތް މިއީ ދިވެހި ރާއްޖޭގެ މިނިވަންދުވަސް ކަމެއް. ކޮންމެއަކަސް ވަރަށް ދެރަ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، މިރޭ 9 ޖަހާއިރު އޮންނަ އެމްޑީޕީ ހަރުގެ ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ ކަމަށާއި، އެ ޖަލްސާގައި ރައީސް މުއިއްޒުގެ ތަގުރީރަށް ރައްދު ދެއްވާނެ ކަމަށެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަގުރީރާ ގުޅިގެން ސިޔާސީ އެކި ފަރާތްތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް، މިނިވަން ދުވަހެއްގައި ރައްޔިތުންނާ މުޚާތަބުކުރައްވާއިރު، ރައްޔިތުންނަށް އުފާވެރިކަމާއި މިނިވަންކަމުގެ އިޙްސާސް ކުރެވެންޖެހޭނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން، އާންމުންގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ވެރިއަކު މިފަދަ ގައުމީ މުނާސަބަތެއްގައި ރައްޔިތުން 'ވިކްޓިމައިޒް' ވާނެ ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ގިނަ ބަޔަކު މާޔޫސްވެފައިވާ ކަމަށްވެސް ބައެއް ސިޔާސީ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު