މާލެ ސަރަހައްދުގައި ދިރިއުޅުމުގެ އަގު އިންތިހާއަށް ބޮޑުވަމުންދަނީ ތޮއްޖެހުން ބާރު ސްޕީޑެއްގައި އިތުރުވެ، އިތުރުވަމުންދާ އާބާދީއާ އެކަށީގެންވާ ވަރަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ނުވާތީ ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އިޖުތިމާއީ މީޑިއާ މަންސަ 'އެކްސް'ގައ ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވީ، މާލެއަށް ހިޖުރަކުރާ އަދި މާލޭގައި އިތުރުވަމުން އަންނަ އާބާދީގެ ނިސްބަތަށް ބަލާއިރު، އެ އާބާދީއަށް ބޭނުންވާ މިންވަރާ އަޅާބަލާއިރު ބޯހިޔާވަހިކަން އިތުރު ކުރެވޭ މިންވަރަކީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.
އެއާއެކު، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދަނީ "ކުލީގެ އަޅުވެތިކަމުގައި" ތާށިވަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ، ތައުލީމީ އަދި ވަޒީފާގެ އިގުތިސާދީ ފުރުސަތުތައް މާލެއަށް މަރުކަޒުވެފައިވުމުގެ ސަބަބުން، އަތޮޅުތަކުން މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
އަދި މާލޭގައި އުފަންވާ އާބާދީއާއެކު ބޯހިޔާވަހިކަމަށް އޮތް އެދުންވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ނަމަވެސް، އެ އާބާދީއަށް ބޭނުންވާ ވަރަށް، އެކަށީގެންވާ އަގުތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ސިޔާސަތުތަކެއް ތަންފީޒުކުރެވޭ މިންވަރު މަދުވުމުގެ ނަތީޖާއެއްގެ ގޮތުން، ބޯހިޔާވަހިކަމުގެ ތަދުމަޑުކަން ދަނީ އިތުރަށް ގޯސްވަމުންނެވެ.

ދިރިއުޅުމުގެ އަގު ބޮޑުވަނީ ތޮއްޖެހުން އިންތިހާޔަށް ބާރު ސްޕީޑުގައި ކުރިޔަށްދާތީ. މާލެޔަށް އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ މިންވަރާ އަޅާ ބަލާއިރު ބޯހިޔާވަހިކަން އިތުރު ކުރެވޭ މިންވަރަކީ ވަރަށް ކުޑަ އަދަދެއް. ކުލީގެ އަޅުވެތިކަމުގައި އާބާދީގެ ބޮޑުބައެއް ދަނީ ތާށިވަމުން. https://t.co/RFLLH3YMJP
— Ali Hussain (@AleeVoice) July 29, 2026
ރާއްޖޭގެ ސިއްހީ، ތައުލީމީ އަދި ވަޒީފާގެ އިގުތިސާދީ ފުރުސަތުތައް މާލެއަށް މަރުކަޒުވެފައިވުމުގެ ސަބަބުން، އަތޮޅުތަކުން މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
އަދި މާލޭގައި އުފަންވާ އާބާދީއާއެކު ބޯހިޔާވަހިކަމަށް އޮތް އެދުންވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ނަމަވެސް، އެ އާބާދީއަށް ބޭނުންވާ ވަރަށް، އެކަށީގެންވާ އަގުތަކެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ސިޔާސަތުތަކެއް ތަންފީޒުކުރެވޭ މިންވަރު މަދުވުމުގެ ނަތީޖާއެއްގެ ގޮތުން، ބޯހިޔާވަހިކަމުގެ ތަދުމަޑުކަން ދަނީ އިތުރަށް ގޯސްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު