އިންޑިއާގައި ދޭތެރެއަކުން ކުރިއަށްދިޔަ ޒުވާނުންގެ މުޒާހަރާތަކުގެ މައި ސޫރައެއްގެ ގޮތުގައި ފާހަގަކުރެވުނު، ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދިޕްކޭއަށް ކާވެނީގެ ހުށަހެޅުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އޭނާގެ މަންމަ އަނީތާ ދިޕްކޭ ބުނެފިއެވެ.
އުމުރުން 30 އަހަރުގެ އެކްޓިވިސްޓް އަބީޖީތު ވަނީ އިންޑިއާގެ ނީޓް އިމްތިހާނުގެ ޕޭޕަރު ލީކުވި ކަމަށް ބުނާ މައްސަލައިގައި މުޅި ގައުމުގައި ކުރިއަށްދިޔަ އިހުތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވެ، އާންމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައެވެ.
އަނީތާ ދިޕްކޭ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ސީޖޭޕީގެ މުޒާހަރާތައް ފެށުމުގެ ކުރިންވެސް އަބީޖީތާއެކު ކާވެނިކުރުމަށް އެދި ހުށަހެޅުންތައް ލިބެމުންދިޔަ ކަމަށެވެ.
ނަމަވެސް، މުޒާހަރާތަކުގެ ސަބަބުން އޭނާ މަގުބޫލުވެގެން ދިއުމާއެކު، އަންނަ ހުށަހެޅުންތަކުގެ އަދަދު ނުހުއްޓި އިތުރުވަމުންދާ ކަމަށް އޭނާ ބުންޏެވެ.
އާއިލާއިން އަބީޖީތު ބޮސްޓަންގައި ހުރި ދުވަސްވަރުވެސް ކާވެނީގެ ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް އެކަމުގައި އޭނާ މާ ބޮޑު ތަފްސީލެއް ނުދީ ހަމައެކަނި ހިނިތުންވެލީ ކަމަށް މަންމަ ބުންޏެވެ.
އަދި އެނބުރި ގެއަށް އައުމުން އަލުން އެ ވާހަކަ ދައްކާނެ ކަމަށާއި، ފަހުގެ ނިންމުން ނިންމާނީ އަބީޖީތު އަމިއްލައަށް ކަމަށްވެސް އޭނާގެ މަންމަ ހާމަކުރިއެވެ.
ސަރުކާރުން މުޒާހަރާކުރި ފަރާތްތަކުގެ މުހިންމު އެއް އެދުމެއް ގަބޫލުކުރުމާ ގުޅިގެން ޖަންތަރު މަންތަރުގައި ކުރިއަށްދިޔަ އިހުތިޖާޖު ނިންމާލާފައިވީ ނަމަވެސް، ސީޖޭޕީގެ ހަރަކާތްތައް ހުއްޓައިނުލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އަބީޖީތު ސޯޝަލް މީޑިއާގައި ބުނެފައިވަނީ މުޒާހަރާ ނިންމާލުމަކީ ހަރަކާތުގެ ނިމުން ނޫން ކަމަށާއި، މިއީ ހަމައެކަނި ފެށުން ކަމަށެވެ. އަދި ތައުލީމީ ނިޒާމަށް އިސްލާހުތައް ގެނައުމަށާއި ދަރިވަރުންގެ ހައްގުތަކުގައި ވަކާލާތުކުރުން ސީޖޭޕީން ކުރިއަށްގެންދާނެ ކަމަށާއި، އަވަސް މުސްތަގުބަލެއްގައި ސިޔާސީ އިންތިހާބުތަކަށް ނުކުތުމަކީ އެ ޕާޓީގެ މައިގަނޑު އަމާޒު ނޫން ކަމަށްވެސް އެ ހަރަކާތުގެ އިސްފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު