"ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދީޕްކޭ
"ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދީޕްކޭ
އިންޑިއާގެ ދާޚިލީ ވަޒީރު އަމިތު ޝާހު މަގާމުން އިސްތިއުފާ ދެއްވުމަށް "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ އަބީޖީތު ދީޕްކޭ ގޮވާލައްވައިފިއެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ޖުލައި 20 ގައި ދަރިވަރުން ކުރިއަށް ގެންދިޔަ "ސަންސަދު ޗަލޯ" މުޒާހަރާގައި ދަރިވަރުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމަށް އަމުރު ކުރެއްވީ ސީދާ އަމިއްލަފުޅަށް ދާޚިލީ ވަޒީރު އަމިތު ޝާހެވެ.

އަދި މިހާރު އިންޑިއާގައި ދިމުގުރާތީ ނިޒާމު ވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަހާރާޝްޓްރާގެ ޗައްތުރަޕަތީ ސަމްބާޖީނަގަރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބީޖީތު ދީޕްކޭ ވިދާޅުވީ، ގައުމުގެ އަދުލުއިންސާފު ގާއިމުކުރާ މުއައްސަސާތަކާމެދު ސުވާލު އުފެދިފައިވާ ކަމަށާއި، އީޑީ އާއި ސީބީއައި ފަދަ ތަހުގީގީ އިދާރާތައް ބޭނުންކޮށްގެން ސިޔާސީ ޕާޓީތައް ރޫޅާލަމުންދާ ކަމަށެވެ. މީގެއިތުރުން، އިދިކޮޅު ލީޑަރު ރާހުލް ގާންދީ ކުރައްވާ އަމިތު ޝާހުގެ އިސްތިއުފާގެ މުތާލަބާއަށް ސީޖޭޕީން ފުރިހަމައަށް ތާއީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ދީޕްކޭ ވިދާޅުވީ، ދިއްލީ ފުލުހުން މަސައްކަތް ކުރަންވާނީ ވަކި ސިޔާސީ ޕާޓީއެއްގެ އަމުރަށް ނޫން ކަމަށާއި، ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމަށެވެ.

އަދި މުޒާހަރާގެ ބައިވެރިން ހިލައުކި ކަމަށް ދެއްކުމުގެ ބޭނުމުގައި ދިއްލީ ފުލުހުންނާއި ބީޖޭޕީގެ އެކްޓިވިސްޓުން ރޭވުމެއް ރޭވި ކަމަށާއި، މުޒާހަރާ ކުރި ސަރަހައްދަށް ހިލަ ބަރުކޮށްފައިވާ ލޮރީތަކެއް ގެނެސްފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ދީޕްކޭ އިތުރަށް ވިދާޅުވީ، އޭނާގެ ހަރަކާތަކީ ގާނޫނީ އިމުގެ ތެރެއިން ދަރިވަރުންގެ ހައްގުތަކަށާއި އިމްތިހާނުގެ ސިއްރުތައް ލީކުވުމާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި، ދަނޑުވެރިންގެ ހައްގުތަކުގައި ކުރެވޭ މަސައްކަތްތަކުގައިވެސް އެ ޕާޓީން ސާބިތުވެ ތިބޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު