މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް ވުރެ ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ މާ މުހިންމު ކަންކަން އެބަހުރި ކަމަށާއި، ސަރުކާރުން އިސްކަންދޭންޖެހޭ ތަރުތީބު އޮޅިފައިވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އާސަންދައިގެ ހިދުމަތް ދިނުމާއި، ފާމަސީތަކުން ބޭސް ލިބުމުގައި ދަތިތަކެއް ހުރި އިރު، އަދި ތަކެތި ގަންނަން ޑޮލަރު ނުލިބިގެން ރައްޔިތުން އުޅެންޖެހިފައިވާ ދަނޑިވަޅެއްގައި، އެންމެ އިސްކަމެއް ދޭންޖެހެނީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް ޝުކުރު އަދާކުރައްވައި ޔާމީން ވިދާޅުވީ، އެކަން ސަރުކާރުން ނުކުރާށެކޭ އެމަނިކުފާނު ވިދާޅުވަނީ ނޫން ކަމަށާއި، ނަމަވެސް މިވަގުތު ގައުމުގެ ހާލަތު އޮތްގޮތުން އެއަށްވުރެ އިސްކަންދޭންޖެހޭ މުހިންމު ކަންކަން އެބަހުރި ކަމަށެވެ.
މީގެ އިތުރުން މިނިވަން މުވައްސަސާ ތަކުން ޒިންމާ އަދާނުކުރާކަން ފާހަގަކުރައްވަމުން ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތައް އުފައްދާފައިވީ ނަމަވެސް، އެ ތަންތަނުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފޭކަމުގެ ކަންބޮޑުވުން ރައީސް ޔާމީން ފާޅުކުރެއްވިއެވެ. 2008 ވަނަ އަހަރުގެ ގާނޫނުއަސާސީން ނިޒާމީ ގޮތެއްގައި ކަންކަން އިސްލާހުކުރުމަށް ވަރުގަދަ ބާރުތަކެއް ދީގެން އޮފީސްތައް އުފެއްދި ނަމަވެސް، އަމަލީ މައިދާނުގައި އެކަންކަން ހިނގަނީ އެގޮތަށް ނޫންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު 500 އަށް ވުރެ ގިނަ ޕްރޮޖެކްޓް ނިމިފައިވާ ކަމަށް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޔާމީން ވަނީ އެއީ ކޮންތާކު ހިންގި ކޮން މުހިންމު ޕްރޮޖެކްޓްތަކެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި އަޅާފައިވާ ބިންގާތައް ހުރީ އަޑިއަށް މޫފައިބާފައި ކަމަށާއި، އެފަދަ ކަންކަމަށް "ޕްރޮޖެކްޓް" އޭ ނުކިޔޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން، މީގެ ކުރީގެ ސަރުކާރުތަކުން ލާމު އަތޮޅާއި އައްޑޫ އަތޮޅުގައި މާ ބޮޑެތި މަގުހެދުމުގެ މަޝްރޫއުތައް ހިންގާފައިވާކަން ފާހަގަކުރައްވަމުން، މިހާރު ހިންގާ ކުދިކުދި މަޝްރޫއުތަކަށް ބޮޑު ސަމާލުކަމެއް ދީގެން އުޅުމަކީ ގައުމުގެ އަސާސީ ކަންކަމަށް ދޭންޖެހޭ އަހައްމިއްޔަތުކަން ކުޑަވެގެންދާ ކަމެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު