ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ދައުރުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރެއްވުމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ނިންމަވައިފިއެވެ.
މިނިސްޓަރު ސައީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްﷲގެ ޙަޟްރަތުން މަދަދާއި ރަޙްމަތަށް އެދެމުން ޕީއެންސީގެ ނައިބު ރައީސްކަމަށް އޭނާ ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ ލީޑަރު ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއި އިތުބާރާއެކު ކަމަށެވެ.
އަދި މި މަގާމަށް ނުކުންނަވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި ޕާޓީގެ އުޚުއްވަތްތެރި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމުގެ ޢަޒުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީއެންސީ އުފެއްދުމަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކަކާއި ރައްޔިތުންގެ މަގުބޫލުކަން ހޯދުމުގައި ޕާޓީގެ ލީޑަރޝިޕްގައި މިއަދާ ހަމައަށްވެސް ޚިދުމަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، ދިވެހިވަންތަ ގައުމީ ފިކުރުގައި ފަހި ވަގުތުތަކާއި އުނދަގޫ ހާލަތްތަކުގައިވެސް ހިތްވަރާއި ސާބިތުކަމާއެކު ދެގޮތެއްނުވެ ދެމިހުރުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.
އޭނާގެ މައިގަނޑު އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި އަދި ހަރުދަނާ ލީޑަރޝިޕްގެ ދަށުން ކޮންގްރެސް ޕާޓީ އިތުރަށް ކުރިއަރުވައި، ޕާޓީއަށް ލިބިފައިވާ ކާމިޔާބީތައް ދަމަހައްޓައި، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ، އެންމެ އާރުލާ އަދި އެންމެ ޚިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ޕީއެންސީ އަބަދުވެސް ބޭއްވުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު މި މަގާމަށް ވާދަކުރައްވާ އިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ މި މަގަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާފައިއެވެ.

މާތްﷲގެ ޙަޟްރަތުން މަދަދާއި ރަޙްމަތަށް އެދެމުން، ކޮންގްރެސް ޕާޓީގެ ކުރިއަށް އޮތް ދައުރުގެ ނާއިބު ރައީސްކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން. ދިވެހި ލޮބުވެތި ރައްޔިތުންނަށް އަދި ޕާޓީގެ އުޚުއްވަތްތެރި މެންބަރުންނަށް ޚިދުމަތްކުރުމުގެ އިޚްލާޞްތެރި ޢަޒުމުގައި މި މަޤާމަށް… pic.twitter.com/FlFg9GJjo0
— Mohamed Saeed (@em_saeed) August 1, 2026
އަދި މި މަގާމަށް ނުކުންނަވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށާއި ޕާޓީގެ އުޚުއްވަތްތެރި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރުމުގެ ޢަޒުމުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީއެންސީ އުފެއްދުމަށްފަހު ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކަކާއި ރައްޔިތުންގެ މަގުބޫލުކަން ހޯދުމުގައި ޕާޓީގެ ލީޑަރޝިޕްގައި މިއަދާ ހަމައަށްވެސް ޚިދުމަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން، ދިވެހިވަންތަ ގައުމީ ފިކުރުގައި ފަހި ވަގުތުތަކާއި އުނދަގޫ ހާލަތްތަކުގައިވެސް ހިތްވަރާއި ސާބިތުކަމާއެކު ދެގޮތެއްނުވެ ދެމިހުރުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.
އޭނާގެ މައިގަނޑު އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި އަދި ހަރުދަނާ ލީޑަރޝިޕްގެ ދަށުން ކޮންގްރެސް ޕާޓީ އިތުރަށް ކުރިއަރުވައި، ޕާޓީއަށް ލިބިފައިވާ ކާމިޔާބީތައް ދަމަހައްޓައި، ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ، އެންމެ އާރުލާ އަދި އެންމެ ޚިދުމަތްތެރި ސިޔާސީ ޕާޓީގެ ގޮތުގައި ޕީއެންސީ އަބަދުވެސް ބޭއްވުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު މި މަގާމަށް ވާދަކުރައްވާ އިރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ މި މަގަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާފައިއެވެ.
ކިޔުންތެރިންގެ ހިޔާލު