އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި އަލަށް ތަރައްޤީކުރި އައުޓްޑޯ ވޮލީ ކޯޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ.
މި ކޯޓު ހުޅުވުމަށްޓަކައި އުކުޅަހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ކޯޓު ހުޅުއްވައިދެއްވުމަށްފަހު، އެކުވެރިކަމުގެ ޚާއްޞަ ވޮލީ މެޗެއް ވަނީ ކުޅެފައެވެ.
އުކުޅަހު ވޮލީ ކޯޓުގެ މަސައްކަތަކީ ޕްރޮކްސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. އެ ކުންފުނިން ވަނީ އެއް މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމާލާފައެވެ.
ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިހާރުވެސް އިތުރު 10 ރަށެއްގައި ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު