ތަކެތީގެ އަގު އުފުލުމާއި، އާންމު ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކާ ގުޅިގެން މައި އިދިކޮޅު ޕާޓީ، މާލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވުމަށް ނިންމާފައިވާ އިހުތިޖާޖު، އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
އެމްޑީޕީން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، "ދަތިވެއްޖެ" މި ޝިއާރުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖުގެ ތާރީޚާއި ވަގުތަށް މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ. އެގޮތުން، މި ހަރަކާތް ދެން ކުރިއަށްދާނީ އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައެވެ. މި އިހުތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ މަޖީދީމަގު، ސޯޝަލް ސެންޓަރު ކުރިމަތިން ކަމަށްވެސް އެ ޕާޓީން މައުލޫމާތު ދެއެވެ.
ތަކެތީގެ އަގުބޮޑުވުމާއި ސަރުކާރުގެ ހިންގުންތެރިކަމުގެ ގާބިލުކަން ކުޑަކަމަށް ބުނެ، މިފަދަ އިހުތިޖާޖެއް ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، އިހުތިޖާޖު ކުރިއަށްގެންދިއުމާ މެދު ރަސްމީ ވޯޓެއް ނެގުން މުހިންމު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މި ނިންމުމަށް ޕާޓީގެ އާންމު މެންބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މި އިހުތިޖާޖު އޮގަސްޓް 13 އަށް ތާވަލުކޮށްފައިވާއިރު، އެމްޑީޕީން ދާދިފަހުން ވަނީ "ވަޒީފާ ބުރާސްފަތި" މި ޝިއާރުގެ ދަށުންވެސް މާލޭގައި ހާއްސަ އެއްވުމެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު