ރޭގެ މެޗުގައި ގޯލް ކާމިޔާބު ކުރުމަށްފަހު ޓޮޓެންހަމްގެ ސޮން
ރޭގެ މެޗުގައި ގޯލް ކާމިޔާބު ކުރުމަށްފަހު ޓޮޓެންހަމްގެ ސޮން
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 އިން ޓޮޓެންހަމް ކާމިޔާބު ކޮށްފިއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ކާމިޔާބު ކޮށްދިނީ ކޭންގެ އެހީއާއެކު ސޮންއެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސޮން ކާމިޔާބުކުރި އަށްވަނަ ލަނޑެވެ.

ކޭންއާއި ސޮން ގުޅިގެން 29 ގޯލެއް ޖަހާފައިވާއިރު، އެއީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ދެވަނައަށް އެންމެ ނުރައްކާތެރި ކޮންބިނޭޝަންއެވެ. އެ ލިސްޓްގެ އެއްވަނަ ލިބެނީ ޗެލްސީއަށް އެކުގައި ކުޅުނު ޑީޑިއާ ޑްރޮގްބާއާއި ފްރޭންކް ލެމްޕާޑަށެވެ. އެ ދެކުޅުންތެރިން ގުޅިގެން 36 ގޯލެއް ޖަހާފައިވެއެވެ. އާސެނަލްގައި ވިދާލި އެޓޭކިން ދެކުޅުންތެރިން ކަމަށްވާ ތިއަރީ އޮންރީއާއި ރޮބާޓް ޕިރޭސްގެ ޕާޓްނާޝިޕްވެސް 29 ގޯލް ޖަހާފައިވާއިރު، ސިޓީގެ ސާޖިއޯ އަގުއޭރޯއާއި ޑޭވިޑް ސިލްވާގެ ޕާޓްނާޝިޕުންވެސް ވަނީ ލީގުގައި 29 ގޯލް ޖަހާފައެވެ.

މި މޮޅާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އަދި ޓޮޓެންހަމް އަތުން ބަލިވި ބާންލީ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި ފަސް މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން