މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވުމަށް ތައްޔާރުވަމުންދާ އެ ޕާޓީގެ ކޮންގްރެސްއާ ދިމާކޮށް، ޕާޓީގެ އަސާސީ ގަވާއިދަށާއި ސިޔާސަތުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އަންނަ ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތާވަލާއި ސުންގަޑިތައް އެމްޑީޕީން އިއްޔެ ވަނީ އާންމުކޮށްފައެވެ. އެ ތާވަލުގައިވާ ގޮތުން، ޕާޓީގެ ސިޔާސަތުތަކާއި އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް އޮންލައިންކޮށް ވަނީ ހުޅުވާލާފައެވެ.
ހުށަހެޅޭ އިސްލާހުތަކާ މެދު ކޮންގްރެސްގައި ގޮތްތަކެއް ނިންމުމަށް ހަމަޖެހިފައިވާއިރު، ހުށަހެޅޭ ހުރިހާ އިސްލާހުތަކާއި ސިޔާސަތުތައް މި މަހުގެ 31 ވަނަ ދުވަހު އާންމުކުރާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.
ކޮންގްރެސްގެ ތައްޔާރީތަކާ ގުޅޭގޮތުން އެ ޕާޓީން ބުނީ، ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮފިތައް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ވެސް މި މަހުގެ 19 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި އަންނަ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ވޯޓުލެވޭ ޑިލިގޭޓުންގެ ލިސްޓު އާންމުކުރާނެއެވެ. ކޮންގްރެސްގެ ބައިވެރިން ރަޖިސްޓަރީވުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހު ހުޅުވާލާއިރު، އެ މުއްދަތު ހަމަވާނީ ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 12:30 އަށެވެ.
މި ކޮންގްރެސް ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 36 ވަނަ ބައްދަލުވުމުގައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކޮންގްރެސް ބާއްވަނީ ކޮންމެ 5 އަހަރަކުން އެއްފަހަރު ނަމަވެސް، ގައުމީ މަޖިލީހުން ފާސްކޮށްފި ނަމަ، ވަކި ޚާއްސަ އުސޫލުތަކެއްގެ ދަށުން ކޮންމެ އަހަރަކު ވެސް ކޮންގްރެސްގެ އާދަޔާ ހިލާފު ބައްދަލުވުމެއް ބޭއްވިދާނެއެވެ. މިފަހަރު ބޭއްވުމަށް މި ތައްޔާރުވަނީ އެފަދަ ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު