ނިމިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޕާލަމެންޓް އިމާރާތުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ކަންގަނާ ރޯނަތު ބުނީ، ޒުވާން ޖީލަކީ ގައުމުގެ ހަގީގީ ބާރު ކަމަށާއި، އެއީ ގައުމަށް ލިބިފައިވާ އަގުހުރި ރައުސްމާލެއް ކަމަށެވެ. އިންޑިއާގެ ޒުވާނުންނަކީ ގައުމުގެ ސަގާފަތާއި އަމިއްލަވަންތަކަން ބައިނަލްއަގުވާމީ މައިދާނުގައި ދައްކުވައިދޭ ސަފީރުންގެ ގޮތުގައި ކުރިއަށް އަންނާތީ އެކަމާ އުފާކުރާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ބީޖޭޕީއަށް ނިސްބަތްވާ ކަންގަނާ އިތުރަށް ބުނި ގޮތުގައި، ޖެން-ޒީ އަކީ މި ސަރުކާރުގެ އެއްބައެވެ. އަދި އެކުދިންގެ ފަރާތުން ލިބޭ ތާއީދަކީ ސަރުކާރުން ފާއިތުވި އަހަރުތަކުގައި ކުރި އިހުލާސްތެރި މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާގައި ބޭއަދަބީކޮށް އުޅޭ މަދު ބަޔަކީ މުޅި ޒުވާން ޖީލު ތަމްސީލުކުރާ ބައެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
ކަންގަނާގެ ވާހަކަ މި މޭރުމަށް ބަދަލުވެފައި މިވަނީ، މީގެ ހަފްތާތަކެއް ކުރިން ޒުވާނުންނަށް ނިސްބަތްކޮށް އޭނާ ދެއްކި ހަރުކަށި ވާހަކަތަކަކާ ގުޅިގެން އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނިކޮށެވެ. އޭރު އޭނާ ވަނީ ޒުވާނުންނަކީ "ޖެނެރޭޝަން ގަޓަރ" ނުވަތަ ނަޖިސް ވަޅުގަނޑެއް ފަދަ ޖީލެއްގެ ގޮތުގައި ސިފަކޮށްފައެވެ. ވަކިން ހާއްސަކޮށް، މުޒާހަރާތަކުގައި ބައިވެރިވާ ޒުވާނުން ބޭނުންކުރާ ބަހުރުވަޔަށް ފާޑުކިޔަމުން، އެއީ "ހޮޑުލަވާ ފަދަ" ކަމެއްގެ ގޮތުގައި އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވެއެވެ.
މީގެ އިތުރުން، ހުޅަނގުގެ ސަގާފަތަށް ތަބާވާ އިންޑިއާގެ އަންހެނުންނަކީ ގޭތެރޭގެ ޒިންމާ އުފުލުމުގެ ގާބިލުކަން ނެތް، ގައުމަށް ފައިދާއެއް ނެތް ބައެއްގެ ގޮތުގައި ވެސް ކަންގަނާ ކުރިން ސިފަކޮށްފައިވެއެވެ.
ކަންގަނާގެ އެ ހަރުކަށި ވާހަކަތަކާ ގުޅިގެން މަޝްހޫރު އެކްޓަރު ސޯނޫ ސޫދު ފަދަ ތަރިން ވަނީ އެއީ "ލަދުވެތި" އަމަލެއްގެ ގޮތުގައި ސިފަކޮށް އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް، މިހާރު ކަންގަނާގެ ރާގު މުޅިން ބަދަލުވެ، ޒުވާނުންނަކީ ގައުމުގެ ކުރިމަގު ކަމަށް ބަލައިގަނެ އެކަން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު