ހުޅުމާލެ އަމާން ދޯދި ސަރަހައްދު ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ
ހުޅުމާލެ އަމާން ދޯދި ސަރަހައްދު ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް، ސާފުތާހިރު މާހައުލެއް ގާއިމުކުރުމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، އަމާން ދޯދި ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ހެނދުނު ފަށައިފިއެވެ.

މިއަދު ހެނދުނު ބޭއްވުނު މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މި މަސައްކަތުގައި އެޗްޑީސީގެ އިތުރުން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި، މޯ

ލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އަދި މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.

މި ކެމްޕޭނަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުން ރައްޔިތުން ސަލާމަތްކުރުމަށާއި، ހުޅުމާލޭގެ މާހައުލަކީ މަދިރި އާލާނުވާނެ ފަދަ ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަތިވެރި މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. "މަދިރިން ރައްކާ" ޕްރޮގްރާމަކީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެދުނުކެނޑި ކުރިއަށްދާ ޕްރޮގްރާމެކެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ސާފުކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.



ހުޅުމާލެ އަމާން ދޯދި ސަރަހައްދުގައި ހުރި ކުނިތައް، ފޮޓޯ: އެޗްޑީސީ


އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް ސާފުކުރުމުގެ މަސައްކަތް ސިލްސިލާ ގޮތެއްގައި ކުރިއަށްދާނެއެވެ. މި ހަރަކާތަކީ ހަމައެކަނި ކުނި އުކާލުމުގެ ހަރަކާތެއް ނޫން ކަމަށާއި، މީގެ އަސްލު ބޭނުމަކީ ތިމާވެށި ރައްކާތެރިކުރުމުގެ ފަރުދީ ޒިންމާ އާންމުންގެ މެދުގައި އަށަގެންނެވުމާއި، އިޖުތިމާއީ މިފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުން ކަމަށް އެ ކުންފުނީގެ އިސްވެރިން ފާހަގަކުރެއްވިއެވެ.

މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއަދުގެ ހަރަކާތުގައި ވެސް ގިނަ ބަޔަކު ބައިވެރިވެ، އަމާން ދޯދި ޓަވަރުތަކުގެ ވަށައިގެންވާ ސަރަހައްދުގައި ހުރި ކުނިތަކާއި މަދިރި އާލާވާން ހުރި ހުރިހާ ތަންތަން ވަނީ ނައްތާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު