ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، މޯލްޑިވްސް އިމިގްރޭޝަނުން ގދ. ގައްދޫގައި މިއަދު ވަނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައެވެ.
އިމިގްރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، ގދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު، "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ގައްދޫ ޚިޔާރުކުރެވޭނެއެވެ. މިއާއެކު އެ ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ޕާސްޕޯޓު ހެއްދުމަށާއި ޕާސްޕޯޓާ ހަވާލުވުމަށް އަތޮޅުތަކުގެ ރައްޔިތުން މީގެ ކުރިން ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރުކުރަން ޖެހެއެވެ.
ނަމަވެސް، މި ޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު ރައްޔިތުން މާލީގޮތުން އުފުލަމުން ދިޔަ ބޮޑު ބުރައަށް ނިމުމެއް އައިސް، ވަގުތާއި ފައިސާ ނުހަނު ބޮޑަށް ސަލާމަތްވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު