ޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީގެ ބައްޕަ އަދި އޭނާގެ ކެރިއަރުގެ ކަންކަން ގާތުން ބަލަހައްޓަމުން އައި އޭޖެންޓް، ޚޯރްޚޭ މެސީ އުމުރުން 68 އަހަރުގައި މަރުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޚޯރްޚޭ މަރުވީ ދިގު މުއްދަތަކަށް ބަލިވެ އުޅުމަށްފަހު، އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައި ސިއްހީ ފަރުވާ ހޯދަމުން ދަނިކޮށެވެ.
ޚޯރްޚޭގެ ސިއްހީ ހާލަތާ މެދު ފާއިތުވި މަސްތަކުގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތެވެ. މިއަހަރުގެ ޖޫން މަހު ބޭއްވި ފީފާ ވޯލްޑް ކަޕްގައި މެސީ ކުޅެމުންދިޔަ ދުވަސްވަރު، ޚޯރްޚޭ ސިއްހީ ފަރުވާ ހޯދަމުންދާކަން އާއިލާއިން ހާމަކުރިއެވެ. އެ ދުވަސްވަރު އާއިލާގެ އަމިއްލަ ދިރިއުޅުމަށް އިހްތިރާމްކޮށް، އިންސާނިއްޔަތުކަން އިސްކުރުމަށް މީޑިއާތަކުގެ ކިބައިން އާއިލާއިން އެދިފައިވެއެވެ.
ޚޯރްޚޭއަކީ މެސީގެ ފުޓްބޯޅަ ހަޔާތުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކަކެވެ. މެސީގެ އޭޖެންޓެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ދަނޑުން ބޭރުގެ އެކި މުއާމަލާތްތަކާއި ކުލަބުތަކާއެކު ކުރެވުނު މުހިންމު އެއްބަސްވުންތަކުގައި އޭނާ އިސް ދައުރެއް އަދާކުރިއެވެ.
ރޮސާރިއޯގައި މެސީ ފުޓްބޯޅަ ކުޅެން ފެށީއްސުރެ، ބާސެލޯނާގައި ހޯދި ބޮޑެތި ކާމިޔާބީތަކާއި ކެރިއަރުގެ ކޮންމެ މަރުހަލާއެއްގައިވެސް ޚޯރްޚޭ ހުރީ މެސީއާއެކު ސާބިތުކަމާއެކުގައެވެ. އޭނާ ބެލެވިފައިވަނީ އާޖެންޓީނާގެ ސުޕަސްޓާރުގެ ކާމިޔާބީގެ ފަހަތުގައި ހުރި އެންމެ ނުފޫޒުގަދަ ޝަޚްޞިއްޔަތުގެ ގޮތުގައެވެ.
ޚޯރްޚޭ މެސީ މަރުވިއިރު، އޭނާގެ އަންހެނުން ސެލިއާ ކުއްސިޓިނީގެ އިތުރުން ހަތަރު ދަރިން ކަމަށްވާ ރޮޑްރިގޯ، މަތިއާސް، ލިއޮނަލް އަދި މާރިއާ ސޯލް ދުނިޔޭގައި އެބަތިއްބެވިއެވެ.

ކިޔުންތެރިންގެ ހިޔާލު