ރާއްޖޭގެ ބާޒާރުގައި ޑޮލަރެއްގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް ގޮސް، ގައުމުގެ އިގްތިސާދު ހައިޕާ އިންފްލޭޝަނަކަށް ވެއްޓުމުގެ ކުރިން ސަރުކާރުން އިދިކޮޅު އެމްޑީޕީއާ މަޝްވަރާކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އިގްތިސާދު އަތްނުފޯރާ ފަށަށް ދިއުމުގެ ކުރިން ސަރުކާރުން އެމްޑީޕީއާ ވާހަކަދެއްކުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ސަރުކާރުން ކިބުރުވެރިކަން އިސްކޮށް މަޝްވަރާގެ މަގު އިހުތިޔާރު ނުކޮށްފިނަމަ، އޭގެ ހިތްދަތި ނަތީޖާ ތަހައްމަލު ކުރަންޖެހޭނީ ދިވެހި ރައްޔިތުންނަށް ކަމުގެ އިންޒާރުވެސް ނަޝީދު ދެއްވިއެވެ.
ޑޮލަރުގެ މައްސަލައިގައި ސަރުކާރުން ހަގީގަތް އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ދަނީ މީހުން އެ ވާހަކަ ދައްކާތީ (ސްޕެކިއުލޭޝަން) ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކައަކީ އިގްތިސާދަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"ޑޮލަރުގެ އަގު މައްޗަށް ދަނީ ޑޮލަރު ނެތީމަ،" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، މަރުކަޒީ ބޭންކު (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީން ގަވާއިދުން އާންމުކުރަންޖެހޭ މާލީ ރިޕޯޓުތައް އާންމު ނުކޮށް ހިފަހައްޓަމުންދާ ކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޑޮލަރު ހުރި މިންވަރާއި، ޑޮލަރަށް އޮތް ޑިމާންޑުގެ އިތުރުން، ބާޒާރުގައި ރުފިޔާ ދައުރުވާ މިންވަރު އެމްއެމްއޭއަށް ރަނގަޅަށް އެނގޭނެއެވެ. އަދި ހަގީގީ އެކްސްޗޭންޖު ރޭޓު ކަނޑައެޅެނީ ޑޮލަރު ހޯދުމަށް ރުފިޔާ ބޭނުންކުރާ މިންވަރުގެ މައްޗަށް ކަންވެސް އެ އިދާރާއަށް އެނގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު މަތިވަނީ ބައެއް ނޫސްތަކުން ޖަހާ ހެޑްލައިންތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު