ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ހިންގުމާއި މެނޭޖުކުރުމުގެ ގާބިލުކަން ނެތުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ، ސަރުކާރުގެ ބޭކާރު ހަރަދުތައް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ޑޮލަރުގެ އަގު އުފުލެމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ފަށާފައިވާ ބޯހިޔާވެހިކަމުގެ މުހިންމު މަޝްރޫއުތައް ހުއްޓާލުމަށްފަހު، ރަސްމާލެ ހިއްކުމަށާއި ޑްރޯން ގަތުން ފަދަ އިސްކަންދޭން ނުޖެހޭ ކަންކަމަށް ބޮޑެތި އަދަދުތަކުން ޑޮލަރު ހޭދަކުރަމުންދެއެވެ.
މިއީ ގައުމުގައި ޑޮލަރު ތަދުމާ މެދުވެރިވާ މުހިންމު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާ ފަދަ ގައުމުތަކަށް އަހަރަކު ސަތޭކަ މިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަވާކަން ފާހަގަކުރައްވަމުން، ފައިސަލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކޮށްގެން ގައުމުގައި ޑޮލަރު ހިފެހެއްޓުމަށް ސަރުކާރުން އިސްކަމެއް ނުދޭ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރީޖަނަލް ހޮސްޕިޓަލްތަކާއި މާލޭގެ ސިއްހީ ހިދުމަތްތައް ތަރައްގީކޮށް، ބޭރަށް ކުރާ ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން ސީދާ އަމާޒެއް ހިފައިގެން ގާބިލު ޓީމަކާއެކު މަސައްކަތްކޮށްފިނަމަ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އާސަންދައިން ބޭރަށް ކުރާ ހަރަދުތައް ބޮޑުތަނުން ކުޑަކުރެވިދާނެ ކަމަށް ފައިސަލް ވިދާޅުިއެވެ.
ނަމަވެސް، ސަރުކާރުގެ ސިޔާސަތުތައް ސާފުނުވެ، ފަސް އަހަރު ތެރޭގައި ހެލްތު މިނިސްޓަރު ހަ ފަހަރަށް ބަދަލުކުރާ ފަދަ އުސޫލަކުން ކަންކަން ކުރިއަށްދާނަމަ އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު