ދިވެހިރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ރެކޯޑު މިންވަރަކަށް މައްޗަށް ދާތީ، ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ސަރުކާރަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަކީ އިގްތިސާދީ އުސޫލުތަކުގެ ތެރެއިން ސާފު ހައްލެއް ހޯދޭނެ ކަމެއް ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރެއްގެ އަގު 19 ރުފިޔާއަށް، އަދި އެއް މަސްދުވަހުގެ ތެރޭގައި 17 ރުފިޔާއަށް ދަށްކުރުމަށް އެމަނިކުފާނު ސަރުކާރަށް ހުށަހެޅުއްވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި 17 ރުފިޔާއަކީ މި ސަރުކާރުން ޖެނުއަރީ 2024 ގައި ވެރިކަމާ ހަވާލުވިއިރު ބާޒާރުގައި ޑޮލަރު ހުރި އަގެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، ހަފުތާއެއްގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުމަށްޓަކައި ބާޒާރަށް ނެރެންޖެހޭ ޑޮލަރުގެ މިންވަރު މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް އެނގޭނެއެވެ. އަދި ޑޮލަރުގެ ތާށިކަމާ ހެދި ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާކަމުގެ ކަންބޮޑުވުންވެސް އެމަނިކުފާނު ފާޅުކުރެއްވިއެވެ.
"އެމްޑީޕީއިން މިދަނީ ތަކެތީގެ އަގު ކޮންމެ ހަފްތާއަކުވެސް ބަލަމުން. ތަކެތީގެ އަގުތައް އުފުލިގެންދާ މިންވަރު އަޅުގަނޑުމެން މިދަނީ ދެނެގަންނަމުން. 5 އޮގަސްޓާއި 11 އޮގަސްޓާއި ދެމެދުގައި އަނެއްކާވެސް އެބަހުރި ކިތަންމެ މުދަލެއްގެ އަގު އުފުލިފަ." އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20.25 ރުފިޔާއަށްވުރެ މަތީގައި ހުރިއިރު، އެމްއެމްއޭގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ. މިއީ ރަސްމީ ރޭޓަށްވުރެ 44.29 އިންސައްތަ ނުވަތަ 6.83 ރުފިޔާގެ ބޮޑުވުމެކެވެ.
އިގްތިސާދީ ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވި މައިގަނޑު ސަބަބުތަކަކީ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބުމާއި، ދައުލަތުގެ ބޭރުގެ ދަރަނިތައް ދެއްކުމަށް ގިނަ އަދަދެއްގެ ޑޮލަރު ބޭނުންވުމެވެ.

"އަޅުގަނޑުމެންގެ މުޒާހަރާ އެބައޮތް މާދަމާރޭ. މި މުޒާހަރާގައި އަޅުގަނޑުމެން ހުށަހެޅުމެއް އެބަ ހުށަހަޅަން ނުވަތަ ޑިމާންޑެއް އެބަކުރަން. އަޅުގަނޑުމެން މިބުނަނީ ކުރިއަށްމިއޮތް ދިހަ ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ސަރުކާރުން ތިރިކޮށްދޭން. ދެން އެއް މަސް ދުވަސް ތެރޭގައި… pic.twitter.com/sqmlLy3TML
— MDP Secretariat (@MDPSecretariat) August 12, 2026
މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20.25 ރުފިޔާއަށްވުރެ މަތީގައި ހުރިއިރު، އެމްއެމްއޭގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ. މިއީ ރަސްމީ ރޭޓަށްވުރެ 44.29 އިންސައްތަ ނުވަތަ 6.83 ރުފިޔާގެ ބޮޑުވުމެކެވެ.
އިގްތިސާދީ ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވި މައިގަނޑު ސަބަބުތަކަކީ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބުމާއި، ދައުލަތުގެ ބޭރުގެ ދަރަނިތައް ދެއްކުމަށް ގިނަ އަދަދެއްގެ ޑޮލަރު ބޭނުންވުމެވެ.
ކިޔުންތެރިންގެ ހިޔާލު