ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވީޑިއޯއަކުން ކެޕްޗަރ ކޮށްފައި
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވީޑިއޯއަކުން ކެޕްޗަރ ކޮށްފައި
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމުން މިއަދު ބުނީ، މި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ގާނޫނުގައި އޮންނަ ގޮތުން ރިސޯޓުތަކުން ކުލި ނުދައްކާ ނަމަ، އެ ތަންތަން ޖޫރިމަނާކޮށް، އެއްބަސްވުން ބާތިލުކުރުމަށް ފަހު އެ ތަންތަން ދައުލަތަށް ނެގޭނެއެވެ.



އެ ވުޒާރާއިން ބުނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިންގަމުންދާ ތަންތަނާއި، މިނިސްޓްރީގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން، ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުރި ހުރިހާ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ވަރުގަދަކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ ހުރިހާ ފަރާތްތަކުންވެސް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދަޢުލަތަށް ދައްކަންޖެހޭ އެންމެހައި ކުއްޔާއި ޖޫރިމަނާގެ ފައިސާ ޤަވާޢިދުން ދައްކައި ޚަލާޞްކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު