މާލެ ސިޓީ ކައުންސިލުން ބާއްވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ޚަރަދުތަކާ ގުޅުވައިގެން ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ، ރައްޔިތުންގެ ބައްދަލުވުމުގެ ޚަރަދުތަކާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ޚަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، ކުރީ އަހަރުތަކާ އަޅާބަލާއިރު ބައްދަލުވުންތަކުގެ ޚަރަދު މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތައް ހިއްސާކުރައްވަމުން މޭޔަރު ވިދާޅުވީ، 2023 ވަނަ އަހަރު ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00 (ދެ މިލިއަން ފަންސާސް ހާސް ފަސްސަތޭކަ ވިހި) ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. ނަމަވެސް، ޚަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު ފެބުރުއަރީ މަހުގެ ބައްދަލުވުމަށް ޚަރަދުވެފައިވަނީ 567،839.34 (ފަސްސަތޭކަ ފަސްދޮޅަސް ހަތް ހާސް އަށްސަތޭކަ ތިރީސް ނުވަ ރުފިޔާ ތިރީސް ހަތަރު ލާރި) ކަމަށާއި، ޖުލައި މަހުގެ ބައްދަލުވުމަށް ޚަރަދުވީ 585،137.34 (ފަސްސަތޭކަ އައްޑިހަ ފަސް ހާސް އެއްސަތޭކަ ތިރީސް ހަތް ރުފިޔާ ތިރީސް ހަތަރު ލާރި) ކަމަށް އާޒިމް ވިދާޅުވިއެވެ. މި ދެ ބައްދަލުވުމުގެ ޚަރަދުވެސް ކުރީ އަހަރަށްވުރެ އެތައް ގުނައެއް ކުޑަކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުޚީ އަޅާފައިވަނީ މުޅި އަހަރުގެ ޖުމްލަ ޚަރަދަކީ އެންމެ ބައްދަލުވުމެއްގެ ޚަރަދުކަމަށް ދޭހަވާ ގޮތަށް ކަމަށް ވިދާޅުވެ މޭޔަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެހެންކަމުން، މިފަދަ ހަގީގަތެއް ނެތް ދޮގު މައުލޫމާތު ނުފެތުރުމަށާއި، ޚަބަރު ފެތުރުމުގައި މީޑިއާތަކުން ޒިންމާދާރުވެ، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް މޭޔަރު އާދަމް އާޒިމް ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު