އިންޑިއާގެ ޓަމިލްނާޑޫ ސްޓޭޓް ސަރުކާރުގެ އަންހެން މުވައްޒަފުންނަށް ތިންވަނަ ދަރިފުޅު ލިބުމުން ދޭ ވިހެއުމުގެ ޗުއްޓީ އެއް އަހަރު ދުވަހަށް އިތުރުކުރުމަށް އެ ސްޓޭޓުގެ ސަރުކާރުން ނިންމައިފިއެވެ.
ޗީފް މިނިސްޓަރު ވިޖޭގެ ސަރުކާރުން ގެނައި މި ބަދަލު އިއުލާންކުރެއްވީ ޓަމިލްނާޑޫގެ ގާނޫނުހަދާ މަޖިލީހުގައި، އެ ސްޓޭޓުގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް މިނިސްޓަރު ޑީ. ސަރަތުކުމާރެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ނިންމުމަކީ އަންހެނުން ބާރުވެރިކުރުވުމަށާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ދޭ އިސްކަމުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
މިހާތަނަށް އަމަލުކުރަމުން އައި އުސޫލަށް ބަލާއިރު، ޓަމިލްނާޑޫގައި އެއް އަހަރު ދުވަހުގެ ވިހެއުމުގެ ޗުއްޓީ ލިބެނީ ފުރަތަމަ ދެ ކުދިންނަށް އެކަންޏެވެ. އަދި ތިންވަނަ ދަރިފުޅު ލިބޭ މުވައްޒަފުންނަށް މުސާރައާއެކު ދެމުންއައީ 12 ހަފުތާ ނުވަތަ 84 ދުވަހުގެ ޗުއްޓީއެކެވެ.
އެއީ ތިންވަނަ ދަރިފުޅު ލިބުނު ކަމުގައިވިޔަސް ވިހެއުމުގެ ޗުއްޓީގެ ހައްގު މުޅިން ނިގުޅައިނުގަނެވޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ދޭން ފެށި މުއްދަތެކެވެ.
ނަމަވެސް، އަލަށް އިއުލާންކުރި ބަދަލާއެކު، ތިންވަނަ ދަރިފުޅު ލިބޭ މައިންނަށްވެސް ފުރަތަމަ ދެ ކުދިންނެކޭ އެއްފަދައިން މުޅި އެއް އަހަރުގެ ޗުއްޓީ ލިބިގެންދާނެއެވެ.
ޓަމިލްނާޑޫ ސަރުކާރުން ވަނީ ފާއިތުވި އަހަރުތަކުގައި އެކި ފަހަރު މަތިން ވިހެއުމުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ދެމުން އައި 90 ދުވަހުގެ ޗުއްޓީ 2011 ވަނަ އަހަރު ހަ މަސް ދުވަހަށް އިތުރުކުރިއެވެ.
އޭގެ ފަހުން 2016 ގައި ނުވަ މަހަށް އިތުރުކުރުމަށްފަހު، 365 ދުވަހަށް ޗުއްޓީ ބަދަލުކުރީ 2021 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.
ޚަބަރުތައް ބުނާ ގޮތުގައި، ވިހެއުމުގެ ޗުއްޓީއަށް ސަރުކާރުން މިފަދަ ބޮޑެތި ލުއިތަކެއް ދޭން ނިންމީ އެ ސްޓޭޓުގެ އާބާދީ އިތުރުވާ ނިސްބަތް ދަށްވަމުންދާތީއެވެ.
އެގޮތުން ޓަމިލްނާޑޫގެ ފާޓިލިޓީ ރޭޓް ނުވަތަ ދަރިމައިވާ ނިސްބަތް މިހާރު އުޅެނީ 1.4 ގައެވެ. މިއީ އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ 2.1 ގެ ނިސްބަތަށް ވުރެ މާ ދަށް އަދަދެކެވެ.
މިނިސްޓަރު ސަރަތުކުމާރު މަޖިލީހުގައި މިކަން އިއުލާންކުރެއްވުމާ ގުޅިގެން، ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުމަށް އަމަލީ ސިފަގެނައުމަށްޓަކައި ސަރުކާރުގެ ރަސްމީ އަމުރު ވަރަށް އަވަހަށް ނެރޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު