ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އުފައްދާފައިވާ ދައުލަތުގެ މައި ކުންފުނި ކަމަށްވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިބްރާހީމް ޝިއުރީ އިންތިޚާބުވެވަޑައިގެންފިއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ، މީގެ ކުރިން ވެސް އެ އެސޯސިއޭޝަނުގެ ބޯޑު މެންބަރެއްގެ މަޤާމު ފުރުއްވާފައިވާ ޝިއުރީ، 2025 ވަނަ އަހަރުން ފެށިގެން ބޯޑުގައި ޚިދުމަތް ކުރަށްވަމުން ގެންދަވަނިކޮށް، އެ ޖަމްޢިއްޔާގެ އެންމެ މަތީ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ހޮވިވަޑައިގަތުމަކީ އެ ޖަމްޢިއްޔާގެ ހިންގުމުގެ ދާއިރާގައި އޭނާގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.
ޕާޓާގެ އެގްޒެކެޓިވް ކޮމިޓީއަކީ އެ ޖަމްޢިއްޔާގެ އިސްތިރާޖީ އަމާޒުތައް ކަނޑައަޅައި، ކުރިއަށް ގެންދާނެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މުހިންމު ގުނަވަނެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ ޝިއުރީ އަލަށް ހަވާލުވެވަޑައިގެންނެވި މި ދައުރުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަށްވާނީ، ފަތުރުވެރިކަމުގެ ދާއިރާއިން މި ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި އޮތް އެއްބާރުލުން އިތުރުކުރެއްވުމަށް ކަމަށެވެ. މީގެއިތުރުން، މި ދާއިރާއަށް އަންނަ އައު އީޖާދުތަކާއި ޑިޖިޓަލް ކުރިއެރުންތައް ބަލައިގަތުމަށް ބާރުއެޅުއްވުމާއެކު، އަލަށް މި ދާއިރާއަށް ނުކުންނަ ޒުވާން ލީޑަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް ވެސް އޭނާ އިސްކަންދެއްވާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
މި ދައުރުގެ ސަބަބުން، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. އެގޮތުން ޕާޓާގެ ފުޅާ ވިއުގައިގެ ތެރޭގައި ހިމެނޭ އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ އިދާރާތަކާއި، ޓޫރިޒަމް ބޯޑުތަކާއި، ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި ވިޔަފާރިތަކާއެކު ގުޅުން ބަދަހިކޮށް، ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރެވޭނެ ވަރުގަދަ ޕާޓްނާޝިޕްތައް ޤާއިމުކުރުމަށް ފުރުސަތު ތަނަވަސްވެގެންދާނެއެވެ.
2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސްގެ ސީއީއޯކަމާ ހަވާލުވެވަޑައިގެންނެވި ޝިއުރީ، ޕާޓާގެ ހިންގާ ކޮމިޓީގައި އަދާކުރައްވާ ދައުރުގެ ތެރެއިން އުފެދޭ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން، ދުނިޔޭގެ ފަތުރުވެރިކަމުގެ އައު ބާޒާރުތަކާއި މި ދާއިރާއަށް އަންނަމުންދާ އައު އޮއިވަރުތައް ދެނެގަތުމަށް ދިވެހިރާއްޖެއަށް އިތުރު މަގުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު