ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ (ޓީ.ޖީ.އެސް.ޓީ) އަށް ލިބުނު ބޮޑު ކުރިއެރުމާއެކު، ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 10.4 އިންސައްތަ އިތުރުވެއްޖެއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. ފާއިތުވި ހަފުތާގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ މަތިވުމެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 447.1 މިލިއަން ރުފިޔާ ނުވަތަ 6.6 އިންސައްތައިގެ އިތުރުވުމެކެވެ. މީގެއިތުރުން، އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ގެ އާމްދަނީ ވަނީ 3.1 ބިލިއަން ރުފިޔާއިން 3.5 ބިލިއަން ރުފިޔާއަށް (10.8 އިންސައްތަ) މައްޗަށް ޖެހިލާފައެވެ. އެއާއެކު ޖުމްލަ ޖީ.އެސް.ޓީ އާމްދަނީ ވަނީ 7.9 އިންސައްތައިގެ ކުރިއެރުމަކާއެކު 10.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ޓެކްސްގެ ގޮތުގައި ލިބުނު 21.1 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރަށްވުރެ 11.9 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ވިޔަފާރި ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު 5.4 ބިލިއަން ރުފިޔާ (%20.6 ގެ އިތުރުވުމެއް) އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 2.1 ބިލިއަން ރުފިޔާ (%16.4 ގެ އިތުރުވުމެއް) ހިމެނެއެވެ. އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީއަށް ބަލާއިރު، ޖުމްލަ 5.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ހަރުމުދަލުން ލިބުނު އާމްދަނީ %32.1 މައްޗަށް ގޮސް 1.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެ ތެރެއިން 1.2 ބިލިއަން ރުފިޔާއަކީ ރިސޯޓް ކުއްޔެވެ. މީގެއިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 460.4 މިލިއަން ރުފިޔާ (%90.1 ގެ އިތުރުވުމެއް) ވަނީ ލިބިފައެވެ.
ހަރަދުތަކުގެ ތަފާސްހިސާބަށް ބަލާއިރު، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ %19.3 އިތުރުވެ، 28.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރިކަރަންޓް ހަރަދު 24.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް ހަރަދު ވަނީ %9.1 އިތުރުވެ 3.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފާއިތުވި ހަފުތާގައި ހަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއަށެވެ. އެގޮތުން ސަބްސިޑީއަށް %78.4 ގެ އިތުރުވުމަކާއެކު 3.5 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އަދި އާސަންދައަށް 1.4 ބިލިއަން ރުފިޔާ، އަދި އަދުލުއިންސާފުގެ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ދޫކުރި ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް ހިމެނޭހެން އެހެނިހެން އެހީތަކަށް 1.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މީގެއިތުރުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 9.4 ބިލިއަން ރުފިޔާ، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 15.0 ބިލިއަން ރުފިޔާ އަދި ދަރަނި އަދާކުރުމާއި އިންޓްރެސްޓަށް 3.3 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. ކެޕިޓަލް ހަރަދުތަކުގެ ތެރެއިން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ހަރަދުވެފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ.
ފައިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން، 13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ސާޕްލަސް 2.4 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ޖުމްލަ ބަޖެޓް ބެލެންސް ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު