ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމަށް ހަމަޖެހިފައިވާ ވަގުތުގައި މަޖިލީހުގެ ތަޅުމުގައި ހާޒިރުވެވަޑައިގެން ނެތުމުގެ ސަބަބުން، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރަށް ސްޕޯޓްސް މިނިސްޓަރާ ސުވާލުކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
މިއަދުގެ ޖަލްސާގައި މެންބަރު މައުރޫފު ޒާކިރު ސުވާލު ކުރެއްވުމަށް އެޖެންޑާކޮށްފައި ވަނީ، މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުالله ރާފިއު އާއެވެ. އެގޮތުން، ލިޔުމުން ޖަވާބު ހޯއްދެވުމަށް މެންބަރު ވަނީ ދެ ސުވާލެއް ހުށަހަޅުއްވާފައެވެ.
އޭގެ ތެރެއިން ފުރަތަމަ ސުވާލަކީ ބ. ކުޑަރިކިލުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަށް ބިން ހަވާލުކުރުމަށްފަހު މަސައްކަތް ހުއްޓިފައިވާތީ، އެ މަޝްރޫއު އަލުން ފަށައި ނިންމާލެވޭނެ ތާރީހަކާ ގުޅޭގޮތުން ކުރެއްވި ސުވާލެކެވެ.
ދެވަނަ ސުވާލަކީ ބ. ދޮންފަނުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީ އަދި އެމްއޭސީއެލްއާ ހަވާލުކޮށްފައިވީ ނަމަވެސް، މަސައްކަތް ނުފެށި ލަސްވާ މައްސަލައާއި އެ މަސައްކަތް ނިންމާލެވޭނެ ތާރީހެއް އޮޅުންފިލުއްވުމަށް ހުށަހެޅުއްވި ސުވާލެކެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގައިވާ ގޮތުން، ވަޒީރަކަށް ނޯޓިސް ފޮނުވުމަށްފަހު މަޖިލީހުގެ ތަޅުމުގައި ސުވާލުކުރުމަށް ދެވޭ ފުރުސަތުގައި މެންބަރު ހާޒިރުވެވަޑައިގެން ނެތްނަމަ، އެ ސުވާލުކުރުމަށް ދެވަނަ ފުރުސަތެއް ނުދެވޭނެ ކަމަށެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި މެންބަރު ތަޅުމުގައި ނެތުމުން، ގާނޫނުގައިވާ ގޮތުގެ މަތިން ސުވާލު ކުރުމުގެ ބައި ނިމުނީ ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު