ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާ ގޮތުން ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މެންބަރު މައުރޫފް ވިދާޅުވީ، ގައުމުގެ ހާލަތު މިހާ ދަށަށް ގޮސްފައިވަނިކޮށް، ސަރުކާރުގެ ދައުރު ހަމަވަންދެން ރައްޔިތުން ކެތްކޮށްގެން ތިބެންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތައް މިހާރު ހުއްޓިފައިވަނީ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދިނުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ އާމްދަނީ އިތުރުކުރަން އައު މަގުތައް ހޯދުމުގެ ބަދަލުގައި، ހަމައެކަނި ޓެކްސް ބޮޑުކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް މައުރޫފް ތުހުމަތުކުރެއްވި އެވެ. ހާއްސަކޮށް، އެއާޕޯޓް ޑިއުޓީ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ނޭދެވޭ އަސަރުކޮށްފައިވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ވިޔަފާރިތަކަށް ބުރަވާ ގޮތަށް ޓެކްސްތައް ބޮޑުކުރުމަކީ ވިޔަފާރިތައް ފުނޑާލުން ކަމަށެވެ.
މެންބަރު މައުރޫފް އިތުރަށް ވިދާޅުވި ގޮތުގައި، ވެރިކަމުގެ ފަސް އަހަރުގެ ދައުރަކީ ކޮންމެހެން މަޖުބޫރުކޮށް ހަމަކުރަންޖެހޭ މުއްދަތެއް ކަމަށް ގާނޫނުއަސާސީން ނުދެކެއެވެ. ގައުމުގެ ހާލަތު އިންތިހާއަށް ގޯސްވެ، ކޮންމެ ދުވަހަކު ރައްޔިތުންނަށް ގެއްލުންތަކެއް ވަމުންދާނަމަ، އެކަމަށް ބަދަލެއް ހޯދަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ހިނގާ ކޮންމެ ދުވަހަކީ ގައުމަށް ލިބޭ ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވައި މައުރޫފް ވިދާޅުވީ، 2028 ވަނަ އަހަރާ ހަމައަށް މި ހާލަތުގައި ދެމިތިބުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ އިގްތިސާދީ އަދި އިޖުތިމާއީ ތަކްލީފުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، މި ހާލަތުން އަރައިގަތުމަށް ރައްޔިތުން އެހެން ގޮތެއް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު