ބަނގުރާ ގެންގުޅެ، ބޭނުންކުރުމުގެ އިތުރުން އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރަށް ނިސްބަތްވާ ދެ ޒުވާނުންނެވެ. އެއީ އެ ރަށު ރާނީވިލާ، އުމުރުން 32 އަހަރުގެ މުޙައްމަދު މުބާރިކް އަދި ސައިލުގެ، އުމުރުން 23 އަހަރުގެ ޙަސަން ޤާސިމެވެ.
މި ދެ މީހުން އަތުލައިގެންފައިވަނީ މަމަހު 21 ވަނަ ދުވަހުގެ ރޭ، ހުޅުމާލެ ފޭސް 1 ގެ ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔަ ވަގުތުގައެވެ. ކަންނެލި ޖެޓީ ސަރަހައްދުން ފުލުހުން ފެނުމާއެކު މި ދެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ހުއްޓުވައި، އެ މީހުން ތިބި ސަރަހައްދާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މުބާރިކްގެ ބަންދަށް 15 ދުވަސް އަދި ޙަސަން ޤާސިމްގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު