ރާއްޖެ އަންނަ ފަތުރުވެރިންނަށް ބުކިން ހަދައިދޭ ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނެގޭ ގޮތަށް ޓެކްސްއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.
މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ބޭރުގައި ހިންގާ އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގޭނެ ހަރުދަނާ އުސޫލުތަކެއް ގާނޫނުގައި ކަނޑައެޅުމެވެ. އަދި މިހާރުގެ ޓެކްސް ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުކުރުމެވެ.
މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކޮށްފައިވަނީ، ބިލުގައި ހުރި ބައެއް އިބާރާތްތަކާއި މަފްހޫމްތައް އިތުރަށް ސާފުކޮށް ބަޔާންކުރުމަށްޓަކައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކާ އެކުގައެވެ.
މި ބިލަށް ބަހުސްކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ޓެކްސް ބޭސް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި ރާއްޖޭގެ ރަށްތަކާއި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭރުގެ ކުންފުނިތަކުން ހޯދާ ބޮޑު މާލީ މަންފާއިން ދިވެހި ރައްޔިތުންނަށް ހައްގުވާ މިންވަރު ދައުލަތަށް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވިއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުން، ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އަދި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 13 ބިލިއަން ރުފިޔާއާ އެކު، ދައުލަތުގެ އާމްދަނީއަށް އަހަރަކު ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު